އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
އިފުރު ޑޮމެސްޓިކް އެއަރޕޯޓް ގައި ކެފޭއެއް ހިންގަދޭނެ ފަރާތެއް ބޭނުންވެއެވެ

އިފުރު ޑޮމެސްޓިކް އެއަރޕޯޓް ގައި ކެފޭއެއް ހިންގަދޭނެ ފަރާތެއް ބޭނުންވެއެވެ.

 

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެ ލައްވާ ބޭފުޅުންނަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން އިފުރު އެއަރޕޯޓް ގައި ބޭއްވުމަށް ވަނީ ހަމަ ޖެހިފައެވެ. އެހެން ކަމުން، މި މަސައްކަތަށް ޝައުޤުވެރިވެ ލައްވާ ބޭފުޅުން އައިޑީ ކާޑު ކޮޕީ 5 މޭ ވާ އާދީއްތަ ދުވަހުގެ 14:00 ނިޔަލަައް [email protected] އައް މެއިލް ކޮށް ދެއްވުން އެދެމެވެ. ވީމާ މައުލޫމާތު ސެޝަން އިފުރު އެއަރޕޯޓް ގައި އޮއްނާނެ ތާރީހެއް 7 މޭގެ ކުރިން، ސައުގުވެރިކަން ފާޅުކުރައްވާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް އަންގައި ދޭނެ ވާހަކަ ދަންނަވަމެވެ.

 

 އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ބޭއްވޭ ސެޝަން 21 މޭ ވާ އަންގާރަ ދުވަހުގެ 14:30ގައި މިއޮފީހުގައި އޮންނާނެއެވެ.

 

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ

 

ނޯޓު : މައުލޫމާތު ސެޝަން އަށް ދިއުމުގެ އެއްވެށް ހަރަދެއް އައިލެންޑް އޭވިއޭޝަން ނުނަގާނެ ވާހަކަ ދެންނެ ވީމެވެ.

29 އޭޕްރިލް 2019
ހޯދާ