ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހިގެ އިމާރާތުގެ 03 ކޮޓަރިއަށް ބޭނުންވާ ފަރުނީޗަރު ހޯދައި ރާވައިދޭނެ ފަރާތެއް ހޯދުން

މިއިދާރާގެ ބެލުމުގެ ދަށުން ހިންގަމުންގެންދާ ރަށްވެހިގެ އިމާރާތުގެ 03 ކޮޓަރިއަށް ބޭނުންވާ ފަރުނީޗަރ އަމިއްލަ ޚަރަދުގައި ހޯދައި ރޭވުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ކަރުދާސް ދޫކުރާނީ 2019 އޭޕްރިލް 28 ވާ އާދީއްތަ ދުވަހުގެ 09:00 ން ފެށިގެން 2019 މޭ 09 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ހަމަޔަށް ވިލުފުށީ ކައުންސިލްގެ އިދާރާއިންނެވެ. ބީލަން ކަރުދާސް ނެންގެވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން ވެރިފަރާތުގެ ސިޓީއަކާއި ދެފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. ކުންފުންޏެއް ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއެއްގެ ނަމުގައި ބީލަން ކަރުދާސް ނަންގަވާނަމަ ކުންފުނި/އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ބީލަން ކަރުދާސް ނުނަންގަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2019 މޭ 16 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

24 އޭޕްރިލް 2019
ހޯދާ