މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނ.މަނަދޫ އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަން އިމާރާތް ޑިޒައިންކޮށް ބީ.އޯ.ކިޔު ހަދާދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

        ނ.މަނަދޫ އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަން އިމާރާތް ޑިޒައިންކޮށް ބީ.އޯ.ކިޔު ހަދާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ކުރެވުނު ނަމްބަރ: (IUL)23-AP/23/2019/69) (މާރިޗު 05 2018) އިއުލާނާއި ގުޅިގެން މައުލޫމާތަށް ބަދަލުތަކެއް ގެނެސްފައިވާތީ އެއިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

 މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 28 އޭޕްރިލް 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އިން 13:30 އަށް މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. އަދި މިއިއުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުމަށްފަހު ސޮފްޓްކޮޕީ ފޯމެޓްގައި (ސީޑީ) ލިބިވަޑައިގަންނަވާނެއެވެ. އަދި 30 އޭޕްރިލް 2019 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީގައި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 މޭ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 ގައި މިނިސްޓްރީ  އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

 މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 30 އޭޕްރިލް 2019 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ނަންނޯޓު ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

20 ޝައުބާން 1440

25 އޭޕްރިލް 2019
ހޯދާ