ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންްޓް މެނޭޖަރ(ސެކިއުރިޓީ )

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް މެނޭޖަރ ( ސެކިއުރިޓީ )

ވަޒީފާގެ ދާއިރާ:

ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:

-/10،000ރ. އާއި -/23،000ރ. ދެމެދު

ފެންވަރު ނުވަތަ ޝަރުޠު:

  • އޮފިސަރ ކެޑޭޓް ނުވަތަ އެފެންވަރުގެ ކޯހެއް ހަދާފައިވުން.
  • އޭ.އެފް.ޓީ ނުވަތަ އެފެންވަރުގެ ޓެސްޓަކުން ފާސްވުން.
  • ޕީ.ޓީ.އައި ނުވަތަ އެފެންވަރުގެ ކޯހެއް ހަދާފައިވުން.
  • ސަލާމަތީ ބާރުތަކުގެ ކޮމިޝަން އޮފިސަރ ރޭންކުން މަތި މަޤާމެއްގައި އުޅެފައިވުން.
  • އުމުރުން 50 އަހަރުން ދަށުގެ މީހަކު ކަމުގައިވުމާއި މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭނެ ފަދަ ސިއްޙަތުގެ ގޮތުން އެކަށީގެންވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ކުންފުނީގެ ސެކިއުރިޓީ މަސައްކަތް ބެލެހެއްޓުމާއި ސުޕަވައިޒްކުރުން.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2019 އެޕްރީލް 30  ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv     ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާއަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަށް ހޮވޭ ފަރާތުގެ މުސާރައާއި އެލަވަންސްތައް ކަނޑައެޅުމުގައި ލިބިފައިވާ ތަމްރީން އަދި ތަޖުރިބާ އަށް ބެލެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

              19 ޝައުބާން 1440 

             24  އޭޕްރީލް 2019

 

24 އޭޕްރިލް 2019
ހޯދާ