އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޕުރައިވެޓް ރޫމް ކުރިމަތީ ވޯރކްވޭ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިހޮސްޕިޓަލްގައި އިމާރާތްކުރަމުންދާ ޕްރައިވެޓް ރޫމް ތަކުގެ ކުރިމަތީ ވޯކްވޭ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރURH/IUL/2019/02: އިޢުލާނާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީވެ، އެ އިޢުލާން ބާތިލުކޮށް މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

                މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 25 އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން 13:30 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ނުވަތަ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށްް  ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. އަދި މިއިއުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުމަށްފަހު ސޮފްޓްކޮޕީ ފޯމެޓްގައި (ސީޑީ) ލިބިވަޑައިގަންނަވާނެއެވެ. އަދި 28 އޭޕްރިލް 2019 ވާ އާދިއްތަ  ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ނުވަތަ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައިި އޮންނާނެއެވެ. 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު  11:00 ގައި މިނިސްޓްރީ  އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ނުވަތަ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ގައެވެ.

 މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 28 އޭޕްރިލް 2019 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ނަންނޯޓު ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ސެޝަންއަށް އަދި އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

23 އޭޕްރިލް 2019
ހޯދާ