ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނަ އަހަރު ރަމަޟާންމަހު ތަރާވީޙު ނަމާދާއި ދަމުނަމާދު ކުރުމަށް ގެންނަ ޚާފިޒުންގެ ފަރިއްކޮޅު ތައްޔާރު ކޮށް ފަރިއްކޮޅު އަރުވާދޭނެ ފަރާތެއް ހޯދުމަށް

`

ނަމްބަރު: IUL-248-ESMSMS/248/2019/35   

އިޢުލާނު

           1440 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ކީރިތި ޤުރްއާން ހިފުޡުކޮށް ތަރާވީޙު ނަމާދާއި، ދަމުނަމާދު ކުރުމަށްޓަކައި ގެނެއުމަށް ހަމަޖެހިފައިވާ 04 ޙާފިޒުންގެ ފަރިއްކޮޅު ތައްޔާރުކޮށް ފަރިއްކޮޅު އަރުވައި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު:  (IUL)248-ESMSMS/248/2019/23  (12 މާރިޗް 2019) ގެ އިޢުލާނަށް އެއްފަރާތުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 އެޕްރީލް 2019 ވަނަ ދުވަހުން ފެށިގެން 25 އެޕްރީލް 2019 އަށް ކޮންމެ ދުވަހަކު ހެނދުނު 10.00 ން 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 28 އެޕްރީލް 2019 ވާ އާދިއްތަ ދުވަހުގެ 11.00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

           މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށް ދެއްވޭނީ، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް،ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނާރޝިޕް ، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް (ކުރުމަށް ހުއްދަ ލިބިފައިވާ މަސައްކަތާއެކު) ގެންނަން ވާނެއެވެ.

           އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަށް ލައި ބަންދުކޮށް ތަރާވީޙު ނަމާދާއި،ދަމުނަމާދު ކުރުމަށްޓަކައި ގެނެއުމަށް ހަމަޖެހިފައިވާ 04 ޙާފިޒުންގެ ފަރިއްކޮޅު ތައްޔާރުކޮށް ފަރިއްކޮޅު އަރުވައި ދިނުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ. 

           މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

22 އޭޕްރިލް 2019
ހޯދާ