Ha. Atoll Hospital
Maldives
ހއ ހޯރަފުށީ ޞިއްޙީމަރުކަޒުގެ މަސައްކަތު

އިޢުލާން

ހއ. ހޯރަފުށީ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

  މަސައްކަތު

ބޭނުންވާ ޢަދަދު

    1

މަޤާމުގެ ނަންބަރ:

J-255544

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯރޓް ސްޓަރފް ގްރޭޑް1

ސެކްޝަން / ޔުނިޓް

އެޑްމިނިސްޓްރޭޝަން

މަޤާމް އޮތް އޮފީސް

ހއ.ހޯރަފުށީ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ހއ.ހޯރަފުށީ ޞިއްޙީމަރުކަޒު

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސަޕޯޓިންގ ކޯ އެލަވަންސް 1200.00ރ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި، ވާޖިބްތައް:

1 ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި، ވަށައިގެންވާ ސަރަޙައްދު ރަނގަޅަށް ކުނިކަހާ ސާފުކުރުން.

2 މަރުކަޒުގެ އޮފީސް ޢިމާރާތް ފޮޅާ ސާފުކޮށް މޮޕްލުމާއި، ބޮޑު ދޮރު ތަކާއި، ކުޑަދޮރުތައް ބިއްލޫރިތަކާއިއެކު ފޮހެ ސާފުކުރުން.

3 އޮފީސް ބައިގެ މޭޒުތަކާއި،ކަބަޑު ތަކާއި، ފަންކާތައް ފޮހެ ސާފުކުރުން.

4 ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި ބަގީޗާ ގަހާއި، އެހެނިހެން ގަސްއިންދާ ހައްދާ ގޯތިތެރެ ޒީނަތްތެރި ކުރުން. އަދި ގަސްތަކަށް ފެންދީ ބެލެހެއްޓުން.

5 ޞިއްހީމަރުކަޒުން އުކާލަންޖެހޭ ކުނީގެ ބާވަތްތައް، އުކާލުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ދުވަހުން ދުވަހަށް އުކާލުން. އަދި އަންދަންޖެހޭ ކުނި ކަނޑައެޅިފައިވާ ޤަވާޢިދާއި އެއްގޮތަށް އެންދުން.

6 މަރުކަޒުގެ ގޯތިތެރޭގައި ހައްދާ ގަސްތައް ކޮށާ ބެލެހެއްޓުމާއި ރުއްތައް ސާފުކުރުން.

7 މަރުކަޒުގެ ފުރާޅާއި، ދިޔަދޮވިތައް ސާފުކޮށް ވާރޭ ފެންނެގުން.

8 ކުނިކެހުމަށް ބޭނުންވާ ތަކެތި މަސައްކަތަށް ދަތިނުވާނޭ ގޮތަށް ކަމާއި ބެހޭ ފަރާތާއި ގުޅައިގެން ހޯދުން.

މަރުކަޒުން ބާއްވާ އެކިއެކި ޙަރަކާތްތަކަށް ހޯލާއި، ގޯތިތެރެ ތައްޔާރުކުރުން.

9 ލޯންޑްރީގައި މަސައްކަތްކުރާ މުވައްޒަފުން ޗުއްޓީ ނަގައިފިނަމަ ލޯންޑްރީގައި ދޮންނަންޖެހޭ ތަކެތި ދޮވެ އިސްތިރިކުރުން.

10 އޮފީސްބައިގެ ފާޚާނާއާއި، ޢައްމު ފާޚާނާ ކޮންމެދުވަހަކު ސާފުކުރުން.

11 ކުނިއުކުމަށް ބޭނުންކުރާ ބަރޯފަދަތަކެތި ރަނގަޅަށް ބެލެހެއްޓުން.

12 އެކިފަރާތް ތަކަށް ޙަވާލުކުރަން ޖެހޭ ސިޓީ، މެސެޖް ފަދަ ތަކެތި ހަވާލުކުރުން.

މަޤާމުގެ ޝަރުޠު

-        ލިޔަން ކިޔަން އެނގުން

-         ނޯޓް: ލިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ  ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ހއ.ހޯރަފުށީ ޞިއްޙީމަރުކަޒުގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5.  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ.، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،  އެ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް  އަންގައިދޭ ރެފަރެންސް ޗެކް ފޯރމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-      ތަޢުލީމާއި ތަމްރީން:                                     

-      މަސައްކަތުގެ ތަޖްރިބާ:                                   

-      ލިބިފައިވާ ހުނަރު ( އިންޓަރވިއު/ ޕްރެކްޓިކަލްސް )               

 

މަޤާމަށް އެދެންވީގޮތާއި  ސުންގަޑި:

މަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05  މެއި 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ހއ ހޯރަފުށި ޞިއްހީމަރުކަޒުގެ އިދާރީ އޮފީހަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 2019 މެއި މަހުގެ ތެރޭގައި ހއ.ހޯރަފުށީ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތްތަކުން އެތާރީޚްތަކުގައި އިންޓަރވިއު އަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ސުންގަޑި

05 މެއި 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއި ގުޅޭ ލިޔުންތައް ހއ ހޯރަފުށި ޞިއްހީމަރުކަޒުގެ އިދާރީ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ޝޯޓްލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑިގައި 6500064 ނަންބަރު ފޯނަށެވެ. ފެކްސް ކުރާނެ ނަންބަރަކީ 6500556 ، އީމެއިލް ކުރާނީ [email protected]. އަށެވެ.    

22 April 2019
ހޯދާ