ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖްގެ ދަށުން އިމާމް / މުދިމުން ހޯދުން


 

މަޤާމް: އިމާމް (ވަގުތީ)

ބޭނުންވާ އަދަދު: 01 (ފިރިހެން)

ގިންތި: ވަގުތީ 

ރޭންކު: އިމާމް – ޖީ އެސް 3 (GS3) ، މުދިމް – ޖީ އެސް 1 (GS1)

މުއްދަތު: މީލާދީ 01 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން: މަސްޖިދުލް ފިރުދައުސް (އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ މިސްކިތް)

 

މަސައްކަތް ކުރަންޖެހޭ ވަގުތު: މިމަޤާމްމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ މިސްކިތަށް ދާއިމީ މުވައްޒަފުންލިބެންދެން ނުވަތަ އިމާމުން ޗުއްޓީއާއި ސަލާމްގައި ތިބޭ ވަގުތުތަކުގައެވެ. އެހެންކަމުން މުސާރައާއި އެލަވަންސް ލިބިލައްވާނީ އެފަދަ ހާލަތުގައި ހަމައެކަނި މިސްކިތް ބަލަހައްޓަވާ ދުވަސްތަކަށެވެ.

 

މުސާރައާއި އެލަވަންސް: އިމާމް - ނަމާދުކުރާ ކޮންމެ ވަގުތަކަށް -/61ރ ރުފިޔާ އަދި މުދިމް - ނަމާދުކުރާ ކޮންމެ ވަގުތަކަށް -/53ރ ރުފިޔާ

 

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރުން ނުވަތަ ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން
  • އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނަށް އިސްކަންދެވޭނެވެ.

 

 

މަޤާމުގެ މަސްއޫލިއްޔަތު: މިސްކިތު މަސައްކަތު މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒުކޮށް ބެލެހެއްޓުން ، އެގޮތުން މަސައްކަތު މުވައްޒަފުން މިސްކިތް ސާފުކުރަމުން ގެންދާ ގޮތާއި ނަމާދު ވަގުތުތަކަށް ޙާޟިރުވަމުން ގެންދާ ގޮތް މިސްކިތުގައި އޮންނަ ރިކޯޑް ފައިލްގައި ރިކޯޑްކޮށް ބެލެހެއްޓުން އަދި ދިމާވާ ކަންތައްތައް ޤަވައިދުން ކައުންސިލް އިދާރާއަށް ރިޕޯޓްކުރުން

 

ހުށަހަޅަންޖެހޭ ލިޔުންތައް: ވަޒީފާއަށް އެދޭ ފޯމް ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ދާއިރާއާއި ގުޅޭގޮތުން ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ  އަދި އެކައުންޓް ނަންބަރ އެނގޭނެ ފަދަ ލިޔުމެއްގެ ކޮޕީ

 

 

މަޤާމަށް އެދުމުގެ ސުން ގަޑީ: 22 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން

 

މަޢުލޫމާތު ސާފުކުރުން: އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި ރަސްމީ ގަޑީގައި 6528831 ނުވަތަ 6527180 އަށް ގުޅުއްވުން އެދެމެވެ.

15 އޭޕްރިލް 2019
ހޯދާ