ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
ހިރިޔާ ސްކޫލް ހޯލުގައި މަލްޓި ސްޕޯރޓްސް އިންޑޯ މެޓް އަޅާނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

                މިސްކޫލުންދޭ މަޢުލުމާތާ އެއްގޮތަށް ހޯލްގައި މަލްޓި ސްޕޯރޓްސް އިންޑޯ މެޓް އަޅާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިސްކޫލުގެ ނަންބަރ HS-B/IUL/2019/03 (09 އޭޕްރިލް 2019) އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީވެ އެއިޢުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

 

މަތީގައި ދެންނެވިފައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 12:00 ށް ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު،  25 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައިވާނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

 

 

                              12   ޝައުބާން     1440

17 އޭޕްރިލް 2019
ހޯދާ