މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭޓްރިންގ ޚިދުމަތް ހޯދުމަށް

         "ޒިންމާދާރު ރައްޔިތެއް ބިނާކުރުން" މިނަމުގައި މަސައްކަތު ބައްދަލުވުމެއް މި އޭފްރީލް މަހުގެ 24 އިން 25 އަށް އުނގޫފާރުގައި ބޭއްވުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ހަމަޖައްސަވާފައިވާތީ މަސައްކަތު ބައްދަލުވުމުގެ އެންމެހާ ބައިވެރިންނާއި ފެސިލިޓޭޓަރުންނަށް ކޭޓްރިންގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމުގެ ޝައުޤުވެރިކަން ހުރިފަރާތްތަކުން 21 އޭޕްރީލް 2019 ވާ އާދިއްތަ ދުވަހުގެ 10:00 މަޢުލޫމާތު ސާފުކުރުމަށް މިއިދާރާއަށް ވަޑައިގެންނެވުން އެދެމެވެ. ބިޑުހުށައެޅުން އޮންނާނީ 22 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 10:00 ގައެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑުހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

          ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

          13ޝައުބާން 1440

18 އޭޕްރިލް 2019
ހޯދާ