ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުތެރެ ސާފުތާހިރުކޮށް ބެހެއްޓުމާއި ގުޅޭ!

ރަށުގެ ސާފްތާހިރުކަން ދެމެހެއްޓުމަށާއި ރަށުގެ ސިއްޙީ ޙާލަތު ރަނގަޅުކޮށް މަދިރީގެ ސަބަބުން ޖެހޭބަލިތައް މަދުކުރުމަށްޓަކައި، ކައުންސިލްއިން މިގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މީހުން ދިރިއުޅޭ ގެތަކާއި، ގެއާއިގުޅޭ މަގުތަކާއި، މީހުން ދިރިނޫޅޭ ހިސާބުގައި ހުރި ރުއްގަނޑުތަކާއި، ރަށުގެ ގޮނޑުދޮށްތަކާއި، ކުނިއަޅާ ތަންތަންވެސް މިދަނީ ވަރަށް އިސްކަމެއްދީ ބަލަހައްޓަމުންނެވެ. މަޑަވެލީގެ ލޮބުވެތި ރައްޔިތުންނަކީ، ސާފުތާހިރު ކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި މުޅިރަށް ސާފުކޮށް ބޭއްވުމަށް އެހީތެރިކަން ވެދެއްވާ ބައެއްކަން މީގެކުރިންވެސް ވަނީ މުޅި ރާއްޖެއަށް ސާބިތުކޮށް ދެއްވާފައެވެ.

އެހެންކަމުން، ކުރިއަށް އޮތީ ރަމަޟާންމަސް ކަމަށް ވެފައި އަދި މިއީ ވިއްސާރަ މޫސުމަކަށްވާތީ، ގޯތި ތަކާއި ގޯއްޗާއި އިންވެގެން ވާ މަގުތަކުގައި ވިނަފަޅައި، ސާފުތާހިރުކަން ގެއްލި އެފަދަ ގޯތީގައި މަދިރި އާލާވުމުގެ ފުރުޞަތު އޮތީތީވެ ހުރިހާ ރައްޔިތުންވެސް މިކަމުގައި އެއްބާރުލުންދެއްވައި އެބޭފުޅެއްގެ ބެލުމުގެ ދަށުގައިވާ ދިރިއުޅޭގޯތިތަކާއި، ފަޅުގޯތިތަކާއި ރުއްގަނޑުފަދަ ތަންތަން ސާފުތާހިރުކޮށް ކުނިއަޅައި ސަރަޙައްދު ނޫން ތަންތަނަށް ކުނި ނޭޅުމަށާއި، ރަށުގެ ގޮނޑުދޮށަށް ކުނިވާ ޒާތުގެ ތަކެތި އެޅުން މިއަދުންފެށިގެން މުޅިން ހުއްޓާލުމަށާއި އަދި ރަށުގެ ސާފުތާހިރުވެއްޓެއް ޢާއިމް ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް އެންމެހާ ރައްޔިތުންގެ ކިބައިން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 އޭޕްރިލް 2019
ހޯދާ