ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ޤައުމީ ކުތުބުޚާނާ އިމާރާތުގެ އެސެސްމެންޓެއް ހެދުމަށް ބޭނުންވެއްޖެ.

އިޢުލާން

ޤައުމީ ކުތުބުޚާނާ އިމާރާތުގެ އެސެސްމެންޓެއް ހެދުމަށް ބޭނުންވެއްޖެ.

         މި ކުތުބުޚާނާ ހިނގަމުންދާ މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް އިމާރާތުގެ އެސެސްމެންޓެއް     ހެދުމަށް ބޭނުންވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއޮފީހުގެ ނަންބަރ: (11.02.2019)(IUL)56-CAS/56/2019/4 އިޢުލާނާ ގުޅިގެން ލިބިފައިހުރި ބިޑްތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

         ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 އެޕްރީލް 28 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިކުތުބުޚާނާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2019 މޭ 05 ވާ އާދީއްތަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ ( މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް )

މެދުޒިޔާރަތް މަގު، މާލެ ( ސަލްޓަން ޕާރކް އިރު އުތުރު ކަންމަތި )

13 ޝަޢުބާން 1440

18 އޭޕްރިލް 2019
ހޯދާ