މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ނީލަންކިއުން

ނީލަމުގައި ބައިވެރި ވުމުގެ ދަޢުވަތު.

 

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤަވައިދާއި ޚިލާފަށް ވަދެއުޅެނިކޮށް އަތުލައި ގަނެފައިވާ ސްރީލަންކާގެ މަސްބޯޓުގައި ހުރި މަސްތައް ޚާއްޞަނީލަމެއްގެ ގޮތުގައި ވިއްކާލުމަށް ބޭނުންވެއެވެ.

1- ނީލަން ކިޔުން އޮންނާނީ 2018 އެޕްރީލް 22 ވާ ހޯމަ ދުވަހު 13:00 ގައި އިސްކަންދަރުކޮށި-01 ގެ ތިރީ މީޓިން ރޫމުގައެވެ.

2- މިތަކެތި ބެހެއްޓިފައިވަނީ ހުޅުމާލެ ކައިރީގައި އެމް.އެން.ޑީއެފްގެ ޚާއްސަ ބެލެހެއްޓުމުގެ ދަށުގައެވެ.

3- މިތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް 2018 އެޕްރީލް 22 ވާ ހޯމަ ދުވަހު 09:00 ގައި ބެލޭނޭ އިންތިޒާމް ހަމަޖައްސަވައި ދެވޭނެއެވެ.

4- ނީލަން ކިއުމަށް ހަމަޖެހިފައިވަނީ ކަޅުބިލަ މަހުގެ 7025 ކިލޯ، ބިގް އައި ޓޫނާގެ 168 ކިލޯ، ސްވޯޑް ފިޝްގެ 158 ކިލޯ، ބްލެކް މާރލިންގެ 1010 ކިލޯ އަދި ސެއިލް ފިޝްގެ 947 ކިލޯ އަށެވެ. މި މަސްތަކަކީ ފެބްރުއަރީ މަހުގެ ތެރޭގައި ބާނައި ބަރާބަރަށް އައިސް އަޅައިގެން މަސްތަކުގެ ފިނިކަން ނުގެއްލޭ ގޮތަށް ބަލަހައްޓަމުން ގެންގޮސްފައިވާ މަސްތަކެކެވެ. ނީލަން ކިއާނީ ޖުމްލަ 9038 ކިލޯއަށެވެ.

5- ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަ ބަހުންނެވެ.

6- ނީލަން ފެށޭނީ ކިލޯ އަކަށް 14 ރުފިޔާގެ ރޭޓުންނެވެ.

7- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1 (އެކެއް) ރުފިޔާ އަށްވުރެން ކުޑަނޫން އަގެއް ހުށަހަޅައިގެންނެވެ.

8- ނީލަން ނިމޭތާ 24 ގަޑީރުތެރޭގައި ނީލަން ކާމިޔާބު ކުރި ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް އެންޑް އެސެޓް މެނޭޖްމަންޓްއަށް ފައިސާ ހަވާލު ކުރަންވާނެއެވެ.

9- ނީލަން ނިމޭތާ 24 ގަޑީރު ތެރޭގައި މަސްތައް ގެސްގޮސް ނިންމަންވާނެއެވެ.

ވީމާ، ނީލަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2018 އޭޕްރީލް 21 ވާ އާދިއްތަ ދުވަހު 14:00 ގެ ކުރިން [email protected] އަށް މި އިއުލާނާއި ހަވާލާދީ ފުރިހަމަ ނަން، އައި.ޑީ ނަމްބަރު، އެޑްރެސް އަދި ގުޅޭނެ ނަމްބަރާއިއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

17 އޭޕްރިލް 2019
ހޯދާ