ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރުން ބޭނުންވެއްޖެ

ހަނިމާދޫ ސްކޫލް                            

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

  

ނަންބަރ: GS60(HR)/2019/018

އިޢުލާނު

މި ސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުން ވެއްޖެއެވެ.

މަޤާމު

ރިލީފް ޓީޗަރ –  ދިވެހި (އެކެއް)

ރިލީފް ޓީޗަރ –  ޤުުރުއާން (އެކެއް)

މަޤާމު އޮތް އޮފީސް

ހދ. ހަނިމާދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން

ހަނިމާދޫ ސްކޫލް / ހދ. ހަނިމާދޫ

މުއްދަތު

3 މަސް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެކަޑަމިކް

ފެންވަރު ނުވަތަ ޝަރުޠު

މުވައްޒަފު އެންމެ މަތީ ތައުލީމީ ފެންވަރަކި

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

4500.00ރ

1500.00ރ

މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

5500.00ރ

1500.00ރ

ކިޔަވައި ދިނުމުގެ ރޮނގުން ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލު ކުރުން ކަމަށްވާނަމަ

6090.00ރ

2500.00ރ

 

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސް ދެވޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް

1- ޙަވާލުކުރެވިފައިވާ މާއްދާ ނުވަތަ މާއްދާތައް މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް އުނގަންނައިދިނުން

2- ދަރިވަރުންގެ މަސައްކަތްތައް ރެގިއުލަރކޮށް ޗެކްކުރުމާއި ބިނާކުރަނިވި ފީޑްބެކް ދިނުން

3- ދަރިވަރުންނަށް ޙާޞިލްވަމުންދާ މިންވަރު ޗެކްކުރުމާއި، ރިކޯޑްކުރުމާއި، އެމަޢުލޫމާތުތައް ޙިއްސާކުރަންޖެހޭ ފަރާތްތަކާ ޙިއްސާކުރުން

4- ކިޔަވައިދިނުމާ ގުޅޭގޮތުން ސްޕަވައިޒަރާ ޙަވާލުކުރަންޖެހޭ އެންމެހާތަކެތި (ސްކީމްއޮފް ވަރކް، ލެސަންޕްލޭން، މާރކްސްޝީޓްފަދަ) ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ޙަވާލުކުރުން

5- އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާއި ސްކޫލު ކުދިންގެ ޤަވާޢިދުތަކާއި ސްކޫލުގެ ގަވާޢިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމާއި ރީތި އާދަތައް ދަރިވަރުންގެ ކިބާގައި ހަރުލެއްވުމަށް މަސައްކަތްކުރުން

6- ޙަވާލުކުރެވޭ ޓައިމްޓޭބަލްގައިވާ ގަޑިތަކަށާއި ރިލީފްގަޑިތަކަށް ގަޑިއަށް ޙާޒިރުވެ، ދަރިވަރުންނަށް ފައިދާހުރިގޮތަކަށް ފިލާވަޅު ކުރިއަށް ގެންދިއުން

7- ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ލަސްނުކޮށް ކުރުން

8- ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާ ގުޅޭގޮތުން ބެލެނިވެރިންނާ (ރެގިއުލަރކޮށް) މަޢުލޫމާތު ޙިއްސާކުރުން

9- ސްކޫލުން އިންތިޒާމުކުރާ ހުރިހާ ބައްދަލުވުންތަކަށް ގަޑިއަށް ޙާޒިރުވުން

10- ސްކޫލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ސްކޫލުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 11-ސްކޫލުގެ ހުރިހާ ވަޞީލަތްތައް (ލައިބްރަރީ، އިންޓަރނެޓް، ސްމާޓްބޯޑް ފަދަ) ދަރިވަރުންނަށް އެންމެ ފައިދާހުރިގޮތަކަށް ބޭނުންކުރުން

12- ސްކޫލަކީ އެކުވެރި އެއްބައިވަންތަ ބައެއްއުޅޭ، އުފާވެރި މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން

13- ސްކޫލުން ޙަވާލުކުރެވޭ ޒިންމާތަކާ ގުޅިގެން ޖަވާބުދާރީވުމާއި ޒިންމާދާރުވުން

14- ސްކޫލަކީ ސާފުތާހިރު ތަނެއްގެގޮތުގައި ދެމެހެއްޓުމަށް ދަރިވަރުން ލައްވާ މަސައްކަތްކުރުވުން

15- ކްލަބް ޖަމްޢިއްޔާތަކާއި، ޔުނިފޯމްޙަރަކާތް އަދި ދަރިވަރުންނަށް ހިންގޭ އެހެނިހެން ހުރިހާ ޙަރަކާތެއްގައި ފުރިހަމަޔަށް ބައިވެރިވެ އެއްބާރުލުންދީ އެހީތެރިވުން

16- ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް ޕްރޮގްރާމްތަކުގައި ފުރިހަމަޔަށް ބައިވެރިވުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1.  ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

2.  މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް

 

ހުށައަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް

4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒުނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި  ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒިފާއަށް ވަނުމަށްދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ

އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

  (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރިމަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދޭ ފޯމު މިސްކޫލްގެ (ހަނިމާދޫ ސްކޫލް) ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ  2019 އޭޕްރީލް 28 ވަނަ  ދުވަހުގެ  ހެނދުނު 11:00 ގެ ކުރިން ހަނިމާދޫ ސްކޫލްގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ ( [email protected]) އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

- މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2019 އޭޕްރީލް 28 ން 2019 މެއި 2 ދެމެދު ހަނިމާދޫ ސްކޫލްގައި އޮންނާނެއެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:%30

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ ގުޅުއްވާނީ 6520533 ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                                 12 ޝައުބާން 1440

                                 17 އޭޕްރީލް 2019

17 އޭޕްރިލް 2019
ހޯދާ