ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ އެކި ސެކްޝަންތަކުން ނެގިފައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

އެސްޓީއޯގެ އެކި ސެކްޝަންތަކުން ނެގިފައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ، މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 23 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ09:00 އަށް އެސްޓީއޯ ސްޓާފް ކުއަރޓަރސްއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 އޭޕްރީލް 2019 ވާ ބުދަ ދުވަހުގެ 09:00 އަށް އެސްޓީއޯ ސްޓާފް ކުއަރޓަރސްއަށް ދުރުވެ އަގު ހުށަހެޅުއްވުންއެދެމެވެ.

ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ބިލް ހަވާލުކުރާތާ މަސައްކަތު 07 ދުވަސް ތެރޭގައި ފައިސާ ދައްކަވައި ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ތަކެތި ނުގެންދަވައިފިނަމަ ނީލަމުގައި ދެން އެންމެ މަތިން އަގު ހުށަހަޅުއްވާފައިވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

16 އޭޕްރިލް 2019
ހޯދާ