މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ތަރައްޤީކުރާ ޕިކްނިކް އޭރިޔާ އާއްމުކޮށް ހުޅުވާލުމާއި ގުޅޭ

`

 މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

          އުނގޫފާރު، ދިވެހިރާއްޖެ                                        ނަންބަރު: IUL)303-AS/2019/19)             

 

އިޢުލާން

 

މިކައުންސިލުން ތަރައްޤީކުރާ ޕިކްނިކް އޭރިޔާ އާއްމުކޮށް ހުޅުވާލުމާއި ގުޅޭ

                     

           އުނގޫފާރުގެ ދެކުނުފަރާތުގައި މިކައުންސިލުން ތަރައްޤީކުރަމުންދާ ޕިކްނިކް އޭރިޔާގައި މިހާރު ޤާއިމުކުރެވިފައިވާ ތަކެއްޗާއި ހިދުމަތްތައް 12 އޭޕްރިލް 2019 (މާދަމާ) އިން ފެށިގެން އާންމުކޮށް ހުޅުވާލަމެވެ. މިހާރުވެސް ރަށުގެ ގިނަ ބަޔަކު ބޭނުންކުރާ އެސަރަހައްދުގައި ފުޓްބޯޅަ އަދި ވޮލީ ކުޅެވޭނެ ތަންތައް ވާނީ ތަރައްޤީކުރެވިފައެވެ. އަދި އެކި ކަހަލަ ބެންޗް ޕިކްނިކް އޭރިޔާގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް ވާނީ ބެހެއްޓިފައެވ. އަދި ގަސްގަހާއި ރުއްރުކުގައި އުންދޯލި އެލުވާފައި ހުންނާނެވެ. އަދި ފެންވެރޭނެ އިންތިޒާމުވެސް އެ ސަރަހައްދުގައި ޤާއިމުކުރެވިފައި ވާނެއެވެ.

     ވީމާ ޤާއިމުކުރެވިފައިވާ ވަސީލަތްތަކާއި ހިދުމަތްތަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެހެން ވީހާ ދިގު މުއްދަތަކަށް މިތަކެތީގެ ފައިދާ ކުރާނެގޮތަކަށް ބޭނުން ހިފުމަށް އިލްތިމާސްކުރަމެވެ. އަދި ޕިކްނިކް އޭރިޔާ ބޭނުންކުރުމުގައި އެސަރަހައްދުގެ އެއްވެސް ރުއްގަހަކަށްގެއްލުން ނުވާނެހެން އުޅުން ބެހެއްޓުމަށްވެސް އެދެމެވެ. އަދި އެތަނުގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި، ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށްވެސް ނަސޭހަތްތެރިވަމެވެ.

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

          11  ސައުބާން  1440     

          16  އެޕްރީލް   2019  

16 އޭޕްރިލް 2019
ހޯދާ