ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: މަޖިލީހުގެ އިދާރާއަށް އަމިއްލަ ތަކެތީގައި ރަގްސް އަދި ޓޭބަލް ލޭމްޕްސް، ކާޓެންސް، އަދި ވޯލް ޕޭޕަރ އެންޑް ބޯޑާސް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއިދާރާއިން ކުރި 09 / 2019 / އައި.ޔޫ / ޓީ - 57 އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

މިއިދާރާއިން ދޭ ނަމޫނާއާ އެއްގޮތަށް ތިރީގައިވާ މި ދަންނަވާ ތަކެތި ވަކިވަކި މަސައްކަތްތަކެއްގެ ގޮތުގައި އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ.

  1. ރަގްސް އަދި ޓޭބަލް ލޭމްޕްސް
  2. ކާޓެންސް
  3. ވޯލް ޕޭޕަރ އެންޑް ބޯޑާސް

ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 އޭޕްރީލް 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 28 އޭޕްރީލް 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ އިސްވެ ދެންނެވިފައިވާ ވަގުތަށް މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

15 އޭޕްރިލް 2019
ހޯދާ