ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. މަޑަވެލީ ކައުންސިލްގެ ބެލުމުގެދަށުގައިވާ ރުއްތަކެއް ކުއްޔަށް ދޫކުރުމާއި ބެހޭ!

އިޢުލާން

މިއިދާރާގެ ނަމްބަރ:IUL)416-ESMSPR/416/2019/34) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، 3 ވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

ގދ. މަޑަވެލީ ކައުންސިލްގެ ބެލުމުގެދަށުގައިވާ ރުއްތަކެއް ކުއްޔަށް ދޫކުރުމާއި ބެހޭ!

ގދ. މަޑަވެލީ ކައުންސިލް އިދާރާގެ ބެލުމުގެދަށުގައިވާ، މަޑަވެލި ބަނދަރު ސަރަޙައްދުގައިވާ 08 (އަށެއް) ރުށް އެންމެމަތީ އަގެއް ހުށަހަޅާ ފަރާތަކަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. ރުކެއް ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ ރުކަކަށް މަހަކު -/20ރ (ވިހި ރުފިޔާ) އެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ރުއްތައް ކުއްޔަށް ހިފާނެ އަގު ބަޔާންކޮށް ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި، 21 އެޕްރީލް 2019 ވަނަ ދުވަހުގެ މެންދުރު 13:45 އަށް ގދ. މަޑަވެލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 އޭޕްރިލް 2019
ހޯދާ