ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލެ 'ރަށު މާރުކޭޓު' ގޮޅި ކުއްޔަށް ދޫކުރުމާ ގުޅޭ:

 

                               

 

                                                                             

 

 

                        

ނަންބަރ: HDC(161)-EM/IU/2019/27

                                            

އިޢުލާން

 

ހުޅުމާލެ 'ރަށު މާރުކޭޓު' ގޮޅި ކުއްޔަށް ދޫކުރުމާ ގުޅޭ:

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ހުޅުމާލެއަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކާއި، ރޯމަހުގެ ބާވަތްތައް ފަސޭހަ ކަމާއެކު ހެޔޮއަގުގައި އެއްތަނަކުން ލިބޭނެ މަގުފަހިކޮށްދިނުމަށްޓަކައި، ހުޅުމާލެ ފެރީ ޓަރމިނަލްގެ ހުޅަނގު ފަރާތު ސަރަހައްދުގައި 'ރަށު މާރުކޭޓު' ނަމުގައި ލޯކަލް މާރުކޭޓެއްވާނީ ޤާއިމުކުރެވިފައެވެ. މި މާރުކޭޓު ފަރުމާކުރެވިފައިވަނީ މޭވާ އާއި ތަރުކާރީ އަދި އެހެނިހެން ދިވެހި އުފެއްދުންތައް ވިއްކުމަށް ޙާއްސަކުރެވިފައިވާ ގޮޅިތަކެއްގެ އިތުރުން، ރޯމަސް ވިއްކުމަށް ޙާއްސަކުރެވިފައިވާ ގޮޅިތަކެއް ހިމެނޭގޮތަށެވެ. އަދި އަސާސީ ވަސީލަތްތައް ހިމެނޭނެހެން ފަރުމާކޮށް ތަރައްޤީކޮށްނިމިފައިވާ މި ގޮޅިތަކުގައި ވިޔަފާރިކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.

ކުއްޔަށް ދޫކުރާ ގޮޅިތަކުގެ ތަފްޞީލް:

ގޮޅީގެ ބޮޑުމިން (އަކަފޫޓުން)

ގޮޅީގެ އަދަދު

ގޮޅީގެ ބާވަތް

69.45

37

މޭވާ، ތަރުކާރީ އަދި ކާބޯތަކެތީގެ ދިވެހި އުފެއްދުންތައް (ޑްރައި ސްޓޯލް)

69.45

20

ރޯމަހުގެ ބާވަތްތައް (ވެޓް ސްޓޯލް)

 

'ރަށު މާރުކޭޓު' ގޮޅި ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް:

  1. އަމިއްލަ ފަރުދުން - 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން
  1. ވިޔަފާރިތަށް – މަދުވެގެން 6 މަސް ވެފައިވާ ވިޔަފާރިއެއްކަމުގައި ވާންވާނެ (މި ކެޓެގަރީއަށް ޕްރައިވެޓް ކުންފުނި އަދި ޕަބްލިކް ކުންފުނިތަކަށް ފޯމު ހުށަނޭޅޭނެ)

'ރަށު މާރުކޭޓު' އިން ގޮޅި ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމާ ގުޅޭ އިތުރު މަޢުލޫމާތު އެޗް.ޑީ.ސީގެ ވެބްސައިޓްގައިވާ އިޢުލާނާއެކު ޝާއިޢުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. ގޮޅި ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފޯމު އެޗް.ޑީ.ސީގެ ވެބްސައިޓުންނާއި ރިސެޕްޝަންއިން ލިބިވަޑައިގަންނަވާނެއެވެ. ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ 25 އޭޕްރީލް 2019 ގެ 9:00 އިން 15:00 އާއި ދެމެދުއެވެ. ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. އަދި ފޯމު ހުށަހަޅަން ހަމަޖެހިފައިވާ ތަނުގެ ތަފްޞީލް ފަހުގެ ތާރީޚެއްގައި އިޢުލާނުކުރެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކޯޕަރޭޝަންގެ ނަންބަރު 3355259، 3355410، 3355266 އަދި 3355134 އާ ގުޅުއްވުން އެދެމެވެ.

9 ޝަޢުބާން 1440ހ.

14 އޭޕްރީލް 2019މ.

14 އޭޕްރިލް 2019
ހޯދާ