ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އައިޓީއާއި ގުޅޭ ތަކެތި ސަޕްލައިކޮށްދޭން ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2019/29

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-013-19) PSM-Eng /2019/47 & 52

 

 

 

އިޢުލާން

 ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

 

                         މިކުންފުންޏަށް ގަންނަން ބޭނުންވާ ބައެއް '' އައިޓީ އިކުއިޕްމަންޓްސް'' ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ((IUL) PSM-FP/PSM/2019/25) އާއި ގުޅިގެން އެކަށީގެންވާވަރުގެ ތަރުޙީބެއް ލިބިފައި ނުވަތީ އެ އިޢުލާން ބާތިލްކޮށް އަލުން ތިރީގައިވާ އައިޓީއާއި ގުޅޭ ތަކެތި ސަޕްލައިކޮށްދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ.

  1. 3ޑީ ކްލައެންޓް ސިސްޓަމް (ކޮމްޕިއުޓަރ ސިސްޓަމް)
  2. ޕްރޮޖެކްޓަރ   

                        ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް މިތަކެތި ވިއްކުމަށް ޝައުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 18 އޭޕްރީލް 2019 ވަ ބުރާސްފަތި ދުވަހުގެ 11:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

                        ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

                     10 ޝަޢުބާން 1440 

                     15 އޭޕްރީލް 2019 

15 އޭޕްރިލް 2019
ހޯދާ