ފީވަކު ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރުން ބޭނުންވެއްޖެ

`

 

 

އިޤްތިޞާދީ ފުދުންތެރިކަން – އިޖްތިމާޢީ ހަމަޖެހުން 

ފީވަކު ސްކޫލް

                 ފީވައް، ދިވެހިރާއްޖެ                

   ތާރީޚް: 10 އޭޕްރީލް 2019                                       ނަންބަރު:GS-108/MIS/2019/06     

 

ވަޒީފާގެ ފުރުޞަތު

 

 

   މަޤާމް:                      ރިލީފް ޓީޗަރ

   ބޭނުންވާ އަދަދު:                3 (ޕްރައިމަރީ 2 ، ކްރިއޭޓިވް އާރޓް 1)

   ވަޒީފާއޮތް އޮފީސް:              ފީވަކު ސްކޫލް

   ގިންތި:                      ވަގުތީ

   މުއްދަތު:                     3 މަސް ދުވަސް

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    އެކަޑަމިކް (ފީވަކު ސްކޫލް)  

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

(1)    ދަރިވަރުންނަށް އުގަންނައިދިނުމުގެ އެންމެހާ ޙަރަކާތްތައް ހިންގުން

(2)    ޓައިމްޓޭބަލް އާއި އެއްގޮތައް ކިޔަވާދިނުން

(3)    ސްކޫލްގެ ވަސީލަތްތައް އެންމެ ފައިދާ ހުރި ގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ނަތީޖާގެ ފެންވަރު   މަތިކުރުމަށް މަސައްކަތް ކުރުން.

(4)     މުޖްތަމަޢާއި ސްކޫލާއި އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުން.

ޝަރުތު:

 

ގްރޭޑް 10 ނިންމާފައިވުން

 

ސަރވިސް

އެލަވަންސް (މަހަކު)

މުސާރަ (މަހަކު)

ރިލީފް ޓީޗަރުންނަށް ދެވޭނެ މުސާރަ އާއި އެލަވަންސް

 

1500.00 ރުފިޔާ

1500.00 ރުފިޔާ

2500.00 ރުފިޔާ

 

 

4500.00 ރުފިޔާ

5500.00ރުފިޔ

6090.00 ރުފިޔާ

 

ސާނަވީ ތަޢުލީމް ޙާސިލްކޮށްފައިވާާ ރިލީފް ޓީޗަރުންނަށް

މަތީ ސނަވީ ޙާޞިލްް ކޮށްފައިވާނަމަ

ކިޔަވައި ދިނުމުގެ ރޮނގުން ޤައުމީ ސަނަދެއް ޙާޞިލް ކޮށް ފައިވާނަމަ

  ނޯޓް:

  1. ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  2. ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  3. ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

                 

އިންޓަރވިއު ކުރުން

 

ހ. މިމަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަރވިއު 2019 އޭޕްރީލް 18 ން 2019 އޭޕްރީލް 20 އާއި ދެމެދު ކުރުމަށްވަނީ  ހަމަޖެހިފައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ އޮފީހުންނާއި، ސިވިލް ސަރވިސްގެ ވެބްސައިޓް  www.csc.gov.mvއިން ލިބިވަޑައިނަވާނެއެވެ.(

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

-          ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީފީވަކު ސްކޫލުގެ އިދާރާއަށް

-           ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2019 އޭޕްރީލް 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން

 

 

ނޯޓް:  

 ވަޒީފާއަށް އެދި ހުށަހަޅާއިރު އެޕްލިކޭޝަން ފޯމުގައި ކުރިމަތިލައްވާއިރު މަޤާމުގެ މާއްދާގެ ނަން ޖެއްސެވުން އެދެމެވެ. އަދި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ފީވަކު ސްކޫލްގެ ގެ ނަންބަރު 6540543 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

 

                                                                           

 

                                                                             

 

10 އޭޕްރިލް 2019
ހޯދާ