ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ ގެ މަޤާމަށް މުވައްޒަފަކު ހޯދުން

21 މާރިޗު  2019 ގައި ކުރެވުނު މި އިދާރާގެ ނަންބަރު: IUL)360/2019/15) އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ  

މަޤާމުގެ ނަންބަރު:

J-228930

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ވ. ކެޔޮދޫ ކައުންސިލްގެ އިދާރާ

މުސާރަ:

-/5,610 ރުފިޔާ

ސަރވިސް އެލެވަންސް:

-/2,000 ރުފިޔާ

ސަޕޯޓިންކޯއެލެވަންސް:

-/700 ރުފިޔާ

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސް ޤަވާޢިދުގައިވާ ގޮތުގެމަތިން މުސާރައިގެއިތުރުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސްތައްހަމަޖެއްސޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ހިންގާ ލޯނު ޕްރޮގްރާމާއި އަދި ކައުންސިލަށްއާމްދަނީ ހޯދުމަށް ހިންގާ ޕްރޮގްރާމްތަކާ ގުޅޭގޮތުން ހަދަށްޖެހޭ ޤަވާޢިދުތަކާއި، އުސޫލުތައްހެދުމާއި އެ އުސޫލުތަކާ އެއްގޮތަށް ޕްރޮގްރާމްތައް ރާވައި، ހިންގައި ބެލެހެއްޓުން.
  2. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމާބެހޭ ގޮތުން މީހުންހޭލުންތެރިކުރުމާއި، އެފަދަފަރާތްތަކަށް ބޭނުންވާ ފަންނީ އެހިތެރިކަން ފޯރުކޮށްދިނުމާއި، މާލީ ގޮތުންހުރި ފުރުސަތުތަކާބެހޭ މައޫލޫމާތު ފޯރުކޮށްދިނުން.
  3. ވިޔަފާރިކުރާތަންތަނާއި، ހޮޓާ ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ހިންގުމަށްޓަކައި މި އިދާރާއިން ދޫކުރަށްޖެހޭ ޙުއްދަތައްދޫކުރުމާއި، ޙުއްދަބާޠިލްކުރުމުގެ މަސައްކަތްޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ކުރަމުން ގެންދިއުން އަދި އެފަދަ ތަންނާބެހޭގޮތުން ބަލަހައްޓަންޖެހޭ ތަފާސްހިސާބުތައް ދުވަހުންދުވަހަށް ބަލަހައްޓަމުން ގެންދިއުން.
  4. ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށްޓަކައި ރަށުގައިހިންގާ ގެސްޓްހައުސްތަކާއި،ކުންފުނިފަދަ އެންމެހާ ތަންތަން ހިންގުމަށްޓަކައި ބޭނުންވާ ޙުއްދަތަށް ހޯދައިދިނުމަށް އެހީތެރިވުމާއި، އެފަދަ ތަންނާބެހޭގޮތުން ބަލަހައްޓަންޖެހޭ ތަފާސްހިސާބުތައް ދުވަހުންދުވަހަށް ބަލަހައްޓަމުން ގެންދިއުން.
  5. ރަށުގައި ހިންގަމުންދާ ގެސްޓްހައުސްތަކަށް އަންނަމުންދާ ފަތުރުވެރިންގެ މަޢުލޫމާތު ހަމަޖެހިފައިވާ އުސޫލުންނެގުމާއެކު ހަދަށްޖެހޭ ރިޕޯޓްތައް މަހުންމަހަށް ހެދުމުގެ އިތުރުން  އެކަމާގުޅިގެން ކުރަށްޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  6. މަގާމުގެ މަސައްކަތްތަކާ ގުޅޭގޮތުން ޖަވާބުދޭންޖެހޭ ލިޔެކިއުންތަކަށް މުއްދަތުގައި ޖަވާބު ދިނުމާއި، ލިޔެކިއުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  7. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އެންމެހާ ތަންތަނުގެ އިންވެންޓްރީ ޤަވާޢިދުން ބެލެހެއްޓުމުގެ މަސައްކަތްކުރުން.
  8. ކައުންސިލްގެ މާލިއްޔަތު އިތުރުކުރުމަށްޓަކައި އެކިފަރާތްތަކަށް ހުށަހެޅުމަށް ކައުންސިލުން ނިންމާ ޕްރޮޖެކްޓްތަކުގެ ޕްރޮޕޯސަލްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމާއެކު ޕްރޮޖެކްޓް ކާމިޔާބުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  9. ރަށުގައި ހިންގާ އެންމެހައި ވިޔަފާރިތައް ހިންގަމުންދަނީ އެކަމާގުޅޭގޮތުން ހެދިފައިވާ ޤަވާޢިދުތަކާ، އުސޫލުތަކާ އެއްގޮތަށްތޯބަލައި ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުން.
  10. މިއިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

މަޤާމުގެ ޝަރުޠުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ އިކޮނޮމިކްސް ގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލު ކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު(މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު           

40%

  1. ސިވިލް ސަރވިސްގެ އިމްތިހާނު   

5%

  1. މަސައްކަތުގެ ތަޖުރިބާ         

15%

  1. ލިބިފައިވާ ހުނަރު / އިންޓަވިއު   

40%

ނޯޓު: މަޤާމަށް އައްޔަން ކުރުމަށް، ކެޓަގަރީގެ ހުރިހާ ބައެއްގެ ޖުމްލަ %45 އަށް ވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 އެޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ވ. ކެޔޮދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected])

މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 23 އެޕްރީލް 2019 އާއި 9 މެއި 2019 އާ ދެމެދު، ވ. ކެޔޮދޫ ކައުންސިލް އިދާރާ ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6700601 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

10 އޭޕްރިލް 2019
ހޯދާ