ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓް އިމާރާތުގެ ސީލިންގ މަރާމާތުކުރުން

           މިކޯޓުގެ އިމާރާތުގެ ބޭރުގެ ވަށައިގެންހުރި ސީލިން މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް، މިކޯޓުންކުރި ނަންބަރު Q2C-A/2019/2 (27 މަރޗް 2019 ) އިޢުލާނާއި ގުޅިގެން، އެކަށީގެންވާވަރުގެ ތަރުޙީބެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކުރުމަށް ފުރުޞަތު  ހުޅުވާލަމެވެ.

            ވީމާ، މިކޯޓުގެ އިމާރާތުގެ ބޭރުގެ ވަށައިގެންހުރި ސީލިންގ މަރާމާތުކުރުމުގެމަސައްކަތް ކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަތަކެތީގައި ކޮށްދިނުމަށްއެދޭ ފަރާތްތަކުން، 2019 އޭޕްރިލް 17 ވާ ބުދަ ދުވަހުގެ ހެނދުނު 09:30 އަށް މިކޯޓަށް، (ގދ. ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 އޭޕްރިލް 25 ވާ ބުރާސްފަތި ދުވަހުގެ ހެދުނު، 10:45 އަށް މިކޯޓަށް (ގދ. ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓަށް) އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފްކުރެއްވުމަށާއި، އަދި އެސްޓިމޭޓް ހުށަހެޅުއްވުމަށް ވަޑައިގަންނަވަނީ، ކުންފުންޏަކުން، ޕާޓްނަރޝިޕަކުން ނުވަތަ ލޯކަލް އިންވެސްޓްމަންޓަކުން  ކަމަށްވާނަމަ އެކަން އެނގޭނެ ރަސްމީލިޔުމަކާއި، އަދި އެކުންފުނި ،ޕާޓްނަރޝިޕް ނުވަތަ ލޯކަލް އިންވެސްޓްމަންޓްގެ ފަރާތުން މަޢުލޫމާތު ސާފްކުރެއްވުމަށް ނުވަތަ އެސްޓިމޭޓް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ މައުލޫމާތު އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަން ވާނެއެވެ. އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

            ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ. 

09 އޭޕްރިލް 2019
ހޯދާ