މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އަލަށް ފަރުމާ ކުރެވިފައިވާ ޚިދުމަތަށްއެދޭ ފޯމުތައް ތަޢާރަފުކުރުން

އިޢުލާން

 

އަލަށް ފަރުމާ ކުރެވިފައިވާ ޚިދުމަތަށްއެދޭ ފޯމުތައް ތަޢާރަފުކުރުން:

     "ޚިދުމަތުގައި ކުރިއަށް" މިޝިޢާރުގެ ދަށުން 2019 ވަނަ އަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި ކަސްޓަމްސް އިން ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ސިޓީއިން އެކިއެކި ޚިދުމަތްތަކަށް އެދުމުގެ ބަދަލުގައި،  މިކަމަށް ޚާއްޞަ ފޯމެއް ތަޢާރަފުކޮށް (ސިންގަލް ޔޫސް އެޕްލިކޭޝަން) މިފޯމު ބޭނުންކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިފަދަ ޚިދުމަތެއް ތަޢާރުފްކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި:-

  • ފޯރުކޮށްދެވޭ ޚިދުމަތް އެއްމިންގަނޑަކަށް ގެނައުމާއި، ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުން؛
  • ތަފާތު ޚިދުމަތްތަކަށް އެދޭއިރު، ވަކިޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތާއި، އަދި ބޭނުންވާ ހުއްދަތަކާއި އަދި ލިޔުންތައް ފަސޭހައިން ދެނެގަނެވޭނެގޮތް ހަދައިދިނުން؛
  • ޚިދުމަތްތައް ފޯރުކޮށްދެވެމުންދާގޮތް ބަލާ މޮނިޓަރކޮށް، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމާއި އަދި ޖަވާބުދާރީވުން އިތުރުކުރުން.

 މިގޮތުން ތަޢާރަފު ކުރެވޭ 5 ފޯމުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

ފޯމު

ޚިދުމަތް

ޚިދުމަތްތައް ރަޖިސްޓްރީ ކުރުމާއި ކެންސަލްކުރުމަށް އެދޭ ފޯމު

އިމްޕޯޓް އެކްސްޕޯޓް، ކަސްޓަމްސް ޕޯޓަލްގައި ރަޖިސްޓްރީ ކުރުމާއި، ބޭންކް އެކައުންޓާ ގުޅޭ ކަންކަމާއި، ޑިއުޓީހިލޭ ފިހާރައާއި، ބޮންޑެޑް ވެއަހައުސް ހުޅުވުމާއި، ޝިޕިންގ އެޖެންޓް، ބްރޯކަރ އަދި ލޯކަލް ކޫރިއަރ ލައިސަންސަށް އެދުން.

ލިޔުންތަކާއި، ތަފާސްހިސާބަށް އެދޭ ފޯމު

ރާއްޖެއަށް އިމްޕޯޓްކުރާ އަދި އެކްސްޕޯޓްކުރާ މުދަލުގެ ތަފާސް ހިސާބު ހޯދުމާއި އަދި ކަސްޓަމްސްއިން ހޯދާ ޚިދުމަތްތަކާއި ގުޅޭ ލިޔުންތައް ހޯދުން.

އެކްސްޕޯޓް އިމްޕޯޓާގުޅޭ ޚިދުމަތްތަކަށް އެދޭ ފޯމު

ލިޔުންތައް އިސްލާޙްކުރުމާއި، ޑިކްލަރޭޝަން ބާތިލްކުރުމާއި، މުދަލުގެ ސާމްޕަލް ނެގުމާއި، އެޕީލް ކުރުމާއި، އަދި އޮރިޖިނަލް ނުވަތަ ކްލެސިފިކޭޝަން ގެ އެޑްވާންސް ރޫލިން ހޯދުން.

އުޅަނދުފަހަރާ ގުޅޭ ޚިދުމަތްތަކަށް އެދޭ ފޯމު

ކަސްޓަމްސް ކޮންޓްރޯލްގެ ދަށުގައި ހުންނަ އުޅަނދުފަހަރާ ގުޅޭ ޚިދުމަތްތަކާއި، އެޖެންޓުކަމާއި އަދި ކަސްޓަމްސް ކޮންޓްރޯލު ދަށުގައި ހުންނަ އުޅަނދުފަހަރަށް އެހެނިހެން އުޅަނދުފަހަރު ކައިރިކުރުމާއި، އެފަދަ އުޅަނދުފަހަރަށް މީހުންނާއި، ތަކެތި އަރުވާ ބޭލުން.

މައްޔިތާ ރާއްޖެ ގެނެއުމާއި، ރާއްޖެއިން ފޮނުވާލުމަށް އެދޭ ފޯމު

މިފޯމުން އެދެވޭ ޚިދުމަތްތަކުގެ ތެރޭގައި، މައްޔިތާ  ރާއްޖަށް އެތެރެ އަދި ރާއްޖޭން ބޭރު ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް.

 

 ވީމާ، 24 މާރިޗު 2019 ދުވަހުން ފެށިގެން ބަޔާން ކުރެވިފައިވާ ޚިދުމަތްތަކަށް އެދިވަޑައިގަތުމުގައި މިފޯމު ބޭނުން ކުރެއްވުމަށް ދަންނަވަމެވެ. އަދި މިފޯމުތައް މިއޮފީހުގެ ވެބްސައިޓުންނާއި، ކަސްޓަމްސް ބިލްޑިންގ ފްރަންޓް ޑެސްކުން ލިބެންހުންނާނެ ވާހަކަ ދަންނެވީމެވެ.

                            11 ރަޖަބު 1440

                            18 މާރިޗު 2019

 

18 މާރިޗު 2019
ހޯދާ