މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ.ފޯކައިދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތްކުރާ ބައިގެ ސްޓޭޖާއި ބެކްޕެނަލްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ށ.ފޯކައިދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތްކުރާ ބައިގެ ސްޓޭޖް އަދި ބެކްޕެނަލް ހެދުމުގެ މަސައްކަތް އެކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 14 އޭޕްރީލް 2019 ދުވަހުގެ 10:00 އަށް ށ.ފޯކައިދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 18 އޭޕްރީލް 2019 

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 10:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ށ.ފޯކައިދޫ މެޖިސްޓްރޭޓް ކޯޓު 

04-04-2019

 

04 އޭޕްރިލް 2019
ހޯދާ