މަސައްކަތް
ނަންބަރު: (IUL)101-AF/1/2019/135
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 16:54
ސުންގަޑި: 08 އޭޕްރިލް 2019 10:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މާލެ ބިޒްނަސް ސެންޓަރ ގެ އޮފީސް އިމާރާތުގެ ނެޓްވަރކް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

                                              އިޢުލާން

  

މާލެ ބިޒްނަސް ސެންޓަރ ގެ އޮފީސް އިމާރާތަށް ބޭނުންވާ ނެޓްވަރކް އެޅުމަށް

މި މިނިސްޓްރީން ހިންގަމުންދާ އައި. ޑީ. ބީ ޕްރޮޖެކްޓް ގެ މާލެ ބިޒްނަސް ސެންޓަރ ގެ އޮފީސް ހ. ސަކީނާ މަންޒިލް، ތިންވަނަ ފަންގިފިލާއިން ލިބިފައިވާ ޖާގައަށް ބަދަލުކުރުމާއި ގުޅިގެން އެތަނަށް ބޭނުންވާ ނެޓްވަރކް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް، 08 އެޕްރިލް 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 10.00 ގައި މިނިސްޓަރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގުގައި (ކޯސްޓް ގާޑް ބިލްޑިންގ އާއި ޖެހިގެން އިރަށް) ހުންނަ އިމާރާތުގައި ބާއްވާ މަޢުލޫމާތު ސެޝަންއަށް ވަޑައިގެން ދެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމަތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 14 އެޕްރިލް 2019 ވާ އާދިއްތަ ދުވަހުގެ 10.00 ގައި މިނިސްޓަރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގުގައި (ކޯސްޓް ގާޑް ބިލްޑިންގ އާއި ޖެހިގެން އިރަށް) ހުންނަ އިމާރާތުގެ 3 ވަނަ ފަންގިފިލާގެ ކޮންފަރެންސް ހޯލްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333113 ނަމްބަރ ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ މަޢުލޫމާތު ޝީޓާއި، ބިޑް ސަބްމިޝަން ފޯމް އަދި ޕްރައިސް ޝެޑިއުލް ފޯމް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

                           

04 އޭޕްރިލް 2019