ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 198A/2019/45
|
ތާރީޚް:01 އޭޕްރީލް 2019
|
މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ރޭންކް: ޖީ.އެސް 3
|
ޢަދަދު
|
01
|
ސެކްޝަން: އެޗްއާރު
|
މަޤާމުގެ ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1
|
މަސައްކަތްކުރަންޖެހޭ ތަން
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
|
އަސާސީ މުސާރަ
|
-/4,465 ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: 2,232/50 (މުސާރައިގެ %50)
- ސަރވިސް އެލަވަންސް: -/1,500
- ލިވިންގ އެލަވަންސް: -/3,000
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
އަސާސީ ޝަރުޠު
|
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއިއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ"ފާސް ލިބިފައިވުން، ނުވަތަ
- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުންދިޔުމާއިއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް
|
- ޝަރުޢީ ކޯޓުތަކާއި، އިދާރާތަކަށް މުވައްޒަފުން ހަމަޖައްސުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމާއި ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ އެންމެހާ ޗިޓްތައް ހެދުން.
- ޝަރުއީދާއިރާގެ މުވައްޒަފުންގެ ރެކޯޑްސްތައް ޤަވަޢިދުން މެމްސް ސޮފްޓްވެއަރ އަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ޝަރުޢީދާއިރާއިން ރިޓަޔަރ ކުރަންޖެހޭ މުވައްޒަފުންގެ މަޢުލޫމާތު ޗެކްކޮށް، ރިޓަޔަރމަންޓް އެލަވަންސްގެ ހިސާބު ތައްޔާރުކުރުން.
- ފަނޑިޔާރުންނަށް އިންޝުއަރެންސް ހަމަޖެއްސުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ސެކްޝަންގެ ހެޑް އަންގަވާގޮތެއްގެ މަތިން ކުރުން.
- ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ހާޟިރީއާއި، ޗުއްޓީގެ ރެކޯޑްސްތައް ބެލެހެއްޓުން.
- ޝަރުއީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ތައްޔާރުކުރަންޖެހޭ ޕީޕީޓީތަށް ތައްޔާރުކުރުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޕަރފޯމެންސް އެޕްރައިޒަލް ފޯމުތައް، ޤަވާޢިދުގައި ކަނޑައެޅިފައިވާ މުއްދަތަށް ފުރިހަމަކުރަމުންދޭތޯ ޗެކްކޮށް ސެކްޝަން ހެޑަށް އަޕްޑޭޓް ދިނުން.
- ޑިޕާޓްމަންޓުގައި ޑިއުޓީ އުޞުލުން މަސައްކަތް ކުރައްވާ މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ އަޕްޑޭޓްކުރުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ވަޒީފާ ބަޔާންތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ސެކްޝަނަށް ލިބޭ އެކި އެކި މެސެޖްތަކަށް ޖަވާބު ތައްޔާރުކޮށް ލިޔުންތައް ފައިލްކުރުން.
|
ހުށަހަޅަންޖެހޭ ތަކެތި
|
1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް
2- ކުރިމަތިލާ ފަރާތުގެ ވަނަވަރު
3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
|
ސުންގަޑި
|
2019 އޭޕްރީލް 11 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
- ލިބިފައިވާ ތައުލީމް: 30 ޕަސެންޓް
- މަސައްކަތުގެ ތަޖުރިބާ: 10 ޕަސެންޓް
- އިންޓަރވިއު: 50 ޕަސެންޓް
- މަސައްކަތަށް ބޭނުންވާ ހުނަރަށް: 10 ޕަސެންޓް
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- · މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006281
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- މިމަޤާމުގެ އިންޓަރވިއު މި ހިނގާ އޭޕްރީލް މަހުގެ ފަހު ހަފްތާގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ ވަޒީފާއަށް ކުރިމަތިލައްވާ ހުރިހާ ބޭފުޅުންވެސް އެމުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވެވޭގޮތަށް ތިއްބެވުމަށް ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
- ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
- އިނގިރޭސި ބާހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
- ވަޒިފާއާއި ބެހޭ ޤާނޫނާއި، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރިފަރާތަކަށްވުން.
- ސެޕް ސޮފްޓްވެއަރ ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތަކަށްވުން.
- ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|