މަސައްކަތް
ނަންބަރު: (IUL)285/285/2019/15
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 1353
ސުންގަޑި: 07 އޭޕްރިލް 2019 1400
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހެނބަދޫ ޤަބުރުސްޠާނުގެ ގަސްތަށް ނޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

 

 

                                                    ނަންބަރު: IUL)285/285/2019/15)

އިޢުލާން

 ނ.ހެނބަދޫ ޤަބުރުސްޠާނުގެ ގަސްތަށް ނޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

            މި އިދާރާގެ އިޢުލާން ނަންބަރ IUL)285/2019/14) އާގުޅިގެން އެކަށީގެންވާ ވަރަށް ޝަޢުގުވެރިކަން ފާޅުކޮށްފައިނުވާތީ މިއިޢުލާން ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ. 

           މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ނ.ހެނބަދޫގެ ދެ ގަބުރުސްޠާން ވިނަ ނޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލަށް ދުރުވެ 1 އޭޕްރިލް 2019 ން 7 އޭޕްރިލް 2019 ދުވަހާ ދެމެދު މަޢުލޫމާތު ސާފުކުރުމަށްފަހު 10 އޭޕްރީލް 2019 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަކީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 ން 14:00 އަށެވެ.

            މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ރަޖަބް 1440

1 އޭޕްރީލް 2019

 

                                                             އާދަމް ސަމީރު

                                                        ހެނބަދޫ ކައުންސިލްގެ ރައީސް

 

 

2019-04-01