މަސައްކަތް
ނަންބަރު: (IUL)22-EDF/22/2019/71
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 04 އޭޕްރިލް 2019 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މާލީ ހިސާބުތައް އޮޑިޓްކޮށް ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މި މިނިސްޓްރީގެ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ 2017 އަދި 2018 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކޮށް ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-EDF/22/2019/65) އިޢުލާނަކީ ފުރަތަމަ އިޢުލާނަށްވެފައި، މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަތީ 2 ފަރާތް ކަމަށްވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން މިމަސައްކަތް ކުރުމަށް އިޢުލާން ކުރީމެވެ.މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރުމަށް 2019 މާރިޗު 28 ވާ ބުރާސްފަތި ދުވަހުގެ 9:30 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގަ އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.
  3. ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 އެޕްރީލް 4 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައެވެ.
  4. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ

ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341193,3341227

އީ-މެއިލް: [email protected]

24 މާރިޗު 2019