މަސައްކަތް
ނަންބަރު: MTCC-PD/IU/2019/0040
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 31 މާރިޗު 2019 14:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީ ގެ ފެންނާ ގިމަތަ އިމާރާތުގެ ގޯތިތެރޭގައި ޓަކްޝޮޕެއް އިމާރާތްކޮށް ހިންގާނެ ފަރާތެއް ހޯދުން

                                                      ނަންބަރ:MTCC-PD/IU/2019/0040                                        

 

އިޢުލާން

 

އެމްޓީސީސީ ގެ ފެންނާ ގިމަތަ އިމާރާތުގެ ގޯތިތެރޭގައި ޓަކްޝޮޕެއް އިމާރާތްކޮށް ހިންގާނެ ފަރާތެއް ހޯދުން:

            އެމްޓީސީސީ ފެންނާ ގިމަތަ (އެމްޓީސީސީ ހުޅުމާލެ-މާލެ ޓާމިނަލް) އިމާރާތުގެ ގޯތިތެރޭގައި ޓަކްޝޮޕެއް އިމާރާތްކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: MTCC-PD/IU/2019/0033 (10 މާރިޗް 2019) އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިވަނީ ދެފަރާތަކުން ކަމުގައިވާތީ އެއިޢުލާން  ބާތިލުކޮށް މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅާލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 މާރިޗް 2019 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 މާރިޗް 2019 ވަނަ ދުވަހުގެ 14:00 އަށް އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް، ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

 

                   

                                  14 ރަޖަބު 1440     

                                  21 މާރިޗް 2019

21 މާރިޗު 2019