ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 94-V/1/2019/11
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 08:19
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ބަދަލުކުރުމާއި ގުޅޭ
ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިކަމާއި ގުޅިގެން އިދާރީ ކަންކަން ހަމަޖެއްސުމަށްޓަކައި 21 މާރޗް 2019 ވަނަ ދުވަހު ވަގުތީ ގޮތުން ސިސްޓަމުން ދެމުންދާ ހިދުމަތް މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 މާރިޗު 2019