ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2019/09
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 16:16
ސުންގަޑި: 20 މާރިޗު 2019 00:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ ޢާއްމު ޖަލްސާ 2019

                             ނަންބަރު: BAM/IUL/2019/09

 

އިޢުލާން

 

އަހަރީ ޢާއްމު ޖަލްސާ 2019

 

މި އެސޯސިއޭޝަންގެ 2019 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 25 މާރިޗު 2019 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ. މި ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު މި އެސޯސިއޭޝަންގެ އެންމެހާ މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

12 މާރިޗު 2019 ވަނަ ދުވަހު ބޭއްވުނު މި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީ ގެ ޖަލްސާގައި ހިންގާ ޤަވައިދުގައިވާ ގޮތުގެ މަތިން ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ 20 މާރިޗު 2019 ވަނަ ދުވަހުގެ ނިޔަލަށް، 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީ ދައްކާފައިވާ އަމިއްލަ މެމްބަރުންނަށް މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ.

ކްލަބް ޖަމިއްޔާ ތަކުގެ ތެރެއިން، މިއެސޯސިއޭޝަންގެ ހިންގާ ޤަވައިދުގައިވާ ގޮތުގެ މަތިން ފާއިތުވި 2 އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ މެމްބަރ ކްލަބް ޖަމިއްޔާ ތަކުން 20 މާރިޗު 2019 ވަނަ ދުވަހުގެ ނިޔަލަށް، 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީ ދައްކާފައިވާ މިއެސޯސިއޭޝަންގެ މެމްބަރ ކްލަބް ޖަމިއްޔާ ތަކަށް މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ފާއިތުވި އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުން ފާއިތުވި އަހަރުގެ އަހަރީ ރިޕޯރޓްތައް މި އެސޯސިއޭޝަނަށް ފޮނުވުމުގެ އެންމެ ފަހު ތާރީޚަކީ 20 މާރިޗު 2019 ވާ ބުދަ ދުވަސް ކަމުގައި ކަނޑައަޅާފައިވާ ވާހަކަ ވެސް ދަންނަވަމެވެ. މިދުވަހާއި ހަމައަށް ފާއިތުވި އަހަރުގެ ރިޕޯރޓްތައް މިއެސޯސިއޭޝަނަށް ފޮނުއްވާފައިނުވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކަށް މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދަނަންވަމެވެ.

ކްލަބް އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. އެންމެހާ މެމްބަރުން، މެމްބަރޝިޕް ކާޑް އަދި އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

 

13 މާރިޗު 2019

 

      

13 މާރިޗު 2019