ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MITDC-HR/1/2019/4
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 1007
ސުންގަޑި: 18 މާރިޗު 2019 1400
މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް ކުރި ނަންބަރު (IUL)MITDC-HR/1/2019/3 އިޢުލާނުގެ މުއްދަތު އިތުރުކުރުން.

 

މި ކޯޕަރޭޝަނަށް އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް ކުރި އިޢުލާނުގެ މުއްދަތު އައުކޮށް، 2019 މާރިޗު 18 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ވާހަކަ ދެންނެވީމެވެ.

މަޤާމު:

އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 5 ވަނަ ފަންގިފިލާ، ވެލާނާގެ، ކ. މާލެ.

މުސާރައާއި ޢިނާޔަތްތައް:

ޖުމްލަ މުސާރަ: 8,000 ރުފިޔާ

މަޤާމުގެ ޝަރުޠު:

  1. ޖީ.ސީ.އީ އޭ ލެވެލް އިން މަދުވެގެން 3 ފާސް އަދި އެޗް.އެސް.ސީ ދިވެހިން ސީ ފާސް ލިބިފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއަކުން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ؛
  2. ޖީ.ސީ.އީ އޯ ލެވެލް އިން ދިވެހި އަދި އިނގިރޭސި ހިމަނައިގެން މަދުވެގެން 5 ފާސް ލިބިފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން،

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ރިސެޕްޝަނަށް ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި އަދަބުވެރިކަމާއެކު މުއާމަލާތް ކުރުމާއި މެހެމާންދާރީ އަދާކުރުން.
  2. ރިސެޕްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބު ދިނުން އަދި ފޯނު ކޯލްތައް ޑިޕާޓުމަންޓުތަކަށް ރޫޓް ކުރުން.
  3. އޮފީހުގެ ރިސެޕްޝަނަށް އަންނަ ލިޔެކިޔުންތައް ބަލައިގަނެ،  ކަނޑައަަޅާފައިވާ އުސޫލާއެެއްގޮތައް އެންޓީކުރުމަށްފަހު ޑިޕާޓްމަންޓްތަކަށް ފޮނުވުން.
  4. އޮފީހުން ފޮނުވާ ލިޔެކިޔުންތައް ކަނޑައަަޅާފައިވާ އުސޫލާއެެއްގޮތައް، ޑިސްޕެޗްކުރުމަށް ފޮނުވުން.
  5. އޮފީހުގައި ބާއްވާ ބައްދަލުވުންތަކަށް މީޓީންގ ރޫމް ތައްޔާރުކޮށް، ބައްދަލުވުން ކުރިއަށްގެންދާ ވަގުތުގައި ދޭންޖެހޭ އެހީތެރިކަށް ފޯރުކޮށްދިނުން.
  6. ޑިޕާޓުމަންޓުން ފޮނުވަންޖެހޭ ސިޓީ/ލިޔުން އަދި އެހެނިހެން ތަކެތި ތައްޔާރުކޮށް ފޮނުވުން.
  7. ޑިޕާޓްމަންޓަށް ބޭނުންވާ ރިޕޯޓުތައް ގަވާއިދުން ތައްޔާރުކޮށް ބެލެހެއްޓުން.
  8. ޑިޕާޓުމަންޓުގެ ލިޔެކިޔުންތައް ގަވާއިދުން ބަލަހައްޓާ ފައިލްކުރުން.
  9. އޮފީސް ހުޅުވާ ލެއްޕުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
  10. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ
  5. އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

ސުންގަޑި:

18 މާރިޗު 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޕަރޭޝަންގެ އޮފީހަށް ހުށަހަޅުއްވާށެވެ. ނުވަތަ މިކޯޕަރޭޝަންގެ އީމެއިލް hr@mitdc.com.mv އަށް މެއިލް ކުރައްވާ.

 

2019-03-13