ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2019/13
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 31 މާރިޗު 2019 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ސިފައިންގެ ވަޒީފާއަށްއެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާބެހޭ.

ސިފައިންގެ ވަޒީފާއަށް މީހުން ހޯދުމަށްޓަކައި،  މި މިނިސްޓްރީން ކޮށްފައިވާ ނަންބަރު           (IUL)28-PM-1/1/2019/7 (14 ފެބުރުވަރީ 2019)ގެ އިޢުލާންއާ ގުޅިގެން، ވަޒީފާއަށްއެދި ހުށަހެޅުމުގެ މުއްދަތު،  2019 މާރިޗު 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމުގައި ދެންނެވީމެވެ.

            މީގެ އިތުރުން ވަޒީފާއަށްއެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާގުޅިގެން މި އިޢުލާންގެ ބޭނުމަށް ޢުމުރުފުރާ ބަލާ ތާރީޚަކީ 1 އެޕްރީލު 2019 އެވެ. އަދި ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއެކު، ކުށުގެރެކޯޑް ބަލާފޯމް ހުށަހަޅަން ނުޖެހޭގޮތަށްވެސް ހަމަޖައްސާފައިވާކަމުގައި ދެންނެވީމެވެ.

                 

29 ޖުމާދަލްއާޚިރު 1440

06 މާރިޗު 2019