ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)196-C/1/2019/23
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 10:54
ސުންގަޑި: 13 މާރިޗު 2019 10:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ފޮޓޯކޮޕީ މެޝިނަކާއި ހެވީ ޑިއުޓީ ޝްރެޑަރއެއް ހޯދަން ބޭނުންވެއްޖެ

ނަންބަރު: IUL)196-C/1/2019/23) 

އިޢުލާން

މިއޮފީހަށް ފޮޓޯކޮޕީ މެޝިނަކާއި ހެވީ ޑިއުޓީ ޝްރެޑަރއެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)196-C/1/2019/20) އިޢުލާނު ބާޠިލްކުރުމަށްފަހު ދެވަނަ ފަހަރަށް އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2019 މާރިޗު 13 ވާ ބުދަ ދުވަހުގެ 10:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 މާރިޗު 21 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެންނެތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ. 

29 ޖުމާދަލްއާޚިރާ  1440

06 މާރިޗު 2019