ވަޒީފާގެ ފުރުޞަތު
ނަންބަރު: GS87/IUL/2019/03
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 28 ފެބުރުވަރީ 2019 10:00
މަދަރުސަތުލް ޝަހީދު ޢަލީ ތަކުރުފާނު، ހއ. ތަކަންދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު -ވޮޗަރު(ކޮންޓްރެކްޓް)

ވަޒީފާގެ ފުރުޞަތު

މިމަދަރުސާއަށް މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ. 

މަޤާމުގެ ނަން: ވޮޗަރ (ކޮންޓްރެކްޓް)

 އޮފީސް: ޝަހީދު އަލީތަކުރުފާން ސްކޫލް

ބޭނުންވާ އަދަދު: 01

މަޤާމުގެ ގިންތި: ކޮންޓްރެކްޓް  (މާރޗް 2019 ން 31 ޑިސެމްބަރ 2019 އަށް)

ސެކްޝަން: އެޑްމިން                             

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ޑިޔުޓީ ގަޑިއަކީ މެންދުރު 2:00 ން ހެނދުނު 06:00 އަށެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި 24 ގަޑިއިރު ސެކިޔުރިޓީ ބަލަހައްޓަން ވާނެއެވެ.
  2. ޑިޔުޓީގައި ހުންނަ މީހަކު އޮފީހުގެ ދިދަ ހެނދުނު 6:00 ޖަހާއިރު ނަގާ، އިރުއޮއްސި 6:00 ޖަހާއިރު ތިރިކުރަންވާނެއެވެ.
  3. ސްކޫލްގައި ބޭއްވޭ އެސްއެސްސީ / އެޗްއެސްސީ އިމްތިޙާނާއި، ޖީސީއީ އޯލެވެލް / އޭލެވެލް އިމްތިޙާނުގެ ސުވާލުކަރުދާސްތައް ސްކޫލްގެ ސެކިޔުރިޓީ ރޫމަށް ލީއްސުރެ، އެއިމްތިޙާނުތައް ނިމިގެން ޖަވާބު ކަރުސާސްތައް ނެރެންދެން ސްކޫލްގެ ސެކިޔުރިޓީ ރޫމްގެ ސެކިޔުރިޓީ ސްކޫލުން އަންގާގޮތެއްގެ މަތިން އިތުރު އަގަކާނުލައި ބަލަހައްޓާއިދޭން ވާނެއެވެ.
  4. ޑިޔުޓީގައި ހުންނަ ވޮޗަރަކު ސްކޫލުގެ ބަގީޗާތަކަށް ހެނދުނާއި ހަވީރު ފެންދޭން ވާނެއެވެ.
  5. ޑިޔުޓީގައި ތިބޭއިރު ޤަވާޢިދުން ގަޑިއަކު އެއްފަހަރު ސްކޫލްގެ ޢިމާރާތްތަކާއި ގޯތިތެރެއާއި އެންމެހައި ތަންތަން ބަލައި ޗެކްކޮށް، އެއިން ތަނަކަށް އެއްވެސް ގެއްލުމެއް ލިބޭފަދަ ހާދިސާއެއް ހިނގާފައިވާ ޑިޔުޓީ ލޮގް ފޮތުގައި ރެކޯޑްކޮށް އެކަމެއް ވަގުތުން ސްކޫލުން ޢައްޔަންކޮށްފައިވާ ފަރާތަކަށް އަންގަންވާނެއެވެ.
  6. ޑިޔުޓީ ބަދަލުވާއިރު ކުރިން ހުރި ވޮޗަރު ، އަލަށް ޑިޔުޓީ އާ ޙަވާލުވާ މީހާއަށް ސްކޫލްގެ ޢިމާރާތްތަކާއި އެންމެހައި މުދަލާއި ތަންތަން ދައްކައި، އެއްވެސް ގެއްލުމެއް ވެފައިހުރިތޯ ރަނގަޅަށް ޗެކްކުރަން ވާނެއެވެ.
  7. ޤަވާޢިދުން ސެކިޔުރިޓީ ބަލަހައްޓަންޖެހޭ ގަޑިއެއްގައި ގުދުރަތީ ގޮތުން ލިބޭ ގެއްލުންތައް ފިޔަވައި ސްކޫލްގެ ޢިމާރާތްތަކަށާއި މުދަލަށް ލިބޭ ގެއްލުންތަކަށް މަސައްކަތާ ހަވާލުވި ފަރާތުން ޒިންމާ ވާންޖެހޭނެއެވެ.

މަޤާމުގެ ޝަރުތު، މުސާރައާއި މުސާރައިގެ އިތުރުން ދެވޭ އުޖޫރަތަކާއި އިނާޔަތްތަކުގެ ތަފްޞީލް:

ޝަރުތު

މުސާރަ ( މަހަކު )

އަސާސީ ތަޢުލީމްގެ ފެންވަރަށް ލިޔަން ކިޔަން ދަތުމާއެކު ފަރުވާތެރި ކަމާއިއެކު  މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއް ކަމުގައިވުން،

އުމުރުން 18 އަހަރުންމަތި 65 އަހަރުން ދަށުގެ ދިވެއްސެއް ކަމުގައި ވުން

 

4000.00 ރުފިޔާ

އިތުރު އިނާޔަތްތައް:

- 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

-          ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް                         

އިންޓަރވިއު ކުރުން

ހ. އިއުލާނަށް މުއްދަތުހަމަވާތާ ރަސްމީ 05 ދުވަހުގެ ތެރޭގައި އިންޓަވިއު ކުރުން އޮންނާނެއެވެ. އިންޓަވިއު ކުރުން އޮންނާނީ ޝަހީދު ޢަލީ ތަކުރުފާނު ސްކޫލް ގައެވެ.           

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ.

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- (ހ) މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވަ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ(ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓްތަށް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

   (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

   (ނ) ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ

5- ސިވިލްސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

6- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް ، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތަކުގެ ކޮޕީ.

7- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު އަދި މުއްދަތު ހަމަނުވާކޮޕީއެއް

8- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

-         ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޝަހީދު ޢަލީ ތަކުރުފާނު ސްކޫލަށެވެ.

-           ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 28 ފެބުރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ޝަހީދު ޢަލީ ތަކުރުފާނު ސްކޫލަށެވެ..

 

އިތުރުމަޢުލޫމާތު:

1- މިމަޤާމަށް މުސާރަދިނުމަށް ހަމަޖެހިފައިވަނީ މަސައްކަތަށް ނިކުންނަ ދުވަސްތަކަށް އެކަންޏެވެ.

2- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި ޝަހީދު ޢަލީތަކުރުފާނު ސްކޫލުގެ ނަންބަރ 6500576 ފޯނަށް ގުޅުއްވުން އެދެމެވެ.  އީމެއިލް ކުރާނީ: [email protected] އަށެވެ.

19 ފެބުރުވަރީ 2019