ދިވެހިރާއްޖެ
އިޢުލާން
އެއަރޕޯޓްތަކުގެ މުވައްޒަފުންނަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
ހަނިމާދޫ، ފުވައްމުލަކު އަދި ކާޑެއްދޫ އެއަރޕޯޓުގެ މުވައްޒަފުންނަށް ބޭނުންވާ ބޫޓް، ކޯޓް، އޯވަރޯލް އާއި އެހެނިހެން ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 26 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 05 މާރިޗް 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
13 ޖުމާދަލްއާޙިރާ 1440
18 ފެބުރުވަރީ 2019