ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-U03/468/2019/12
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 25 މާރިޗު 2019 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާ ގުޅުމާއި ގުޅޭ

ފުވައްމުލަކުގައި ކުރިޔަށްދާ ނަރުދަމާ ޕްރޮޖެކްޓްގެ މަސައްކަތް މިހާރު ނިމުމަކަށް ކައިރިވެފައިވާއިރު ނަރުދަމާ ހޮޅި ގުޅުމައްޓަކައި މިހާރުވަނީ ބައެއް ގޭގެއަށް އެންގިފައެވެ. އެހެން ނަމަވެސް ބައެއް ގޭގެއިން ސިސްޓަމަށް ހޮޅި ގުޅުމައްޓަކައި ދެވިފައިވާ އިރުޝާދުތަކާއި ޚިލާފަށް ހޮޅި ގުޅުމުގެ ސަބަބުން ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން މި މަސައްކަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ނަމަވެސް މައްސަލަ ހައްލުކުރުމަށްފަހު މިހާރު ހޮޅި ގުޅުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ސިއެރާގެ ފަރާތުން ވަނީ އަންގާފައެވެ.

      ވީމާ، ނަރުދަމާ ހޮޅި ގުޅުމައްޓަކައި ސިޓީ ކައުންސިލުން ހުއްދަދީ ޗިޓް ފޮނުވާފައިވާ ފަރާތްތަކުން ތިރީގައިމިވާ އިރުޝާދު ތަކާއި އެއްގޮތައް ހޮޅި ގުޅުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ދަންނަވަމެވެ.

 1: ފުވައްމުލައް ސިޓީ ކައުންސިލުން ނަރުދަމާ ކަނެކްޝަން ގުޅާލުމުގެ ހުއްދަ ލިޔުން ލިބިފައިވާ ކަން ކަށަވަރުކުރުން.

 2: ނަރުދަމާ ގުޅުމުގެ ހުއްދަ ޗިޓާއި އެކު ލިބިފައިވާ ފެނަކަ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމައްފަހު ފެނަކަ އަށް ޚިދުމަތަށް އެދި ހުށަހެޅުން

 3: ފާޚާނާ ހޮޅި ގުޅުމަށް ތައްޔާރުކޮށް ފެނަކައިގެ ނަންބަރ (7708388، 7796753) އަށް ގުޅައި އެފަރާތުގެ ބެލުމުގެ ދަށުން ހުއްދަ ހޯދައިގެން ފާޚާނާ ހޮޅި ގުޅުން

ނޯޓް: މި ލިޔުމުގައި އިރުޝާދު ދީފައިވާ ގޮތަށް ސިޓީ ކައުންސިލުން ހުއްދަދެވިފައިވާ ގޭގެއިން ނަރުދަމާހޮޅި ގުޅުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ދަންނަވަމެވެ. އަދި މަސައްކަތް ނިމެމުންދާ ވަރަކަށް އިތުރު ގޭގެއަށް ގުޅުމުގެ ހުއްދަ ދެމުން ގެންދާނެ ވާހަކަ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

18 ފެބުރުވަރީ 2019