ކުއްޔަށް ހިފުން
ނަންބަރު: ADMHR-MPL/2019/ 32
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 20 ފެބުރުވަރީ 2019 02:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ބޭނުމަކަށް 500 އަކަފޫޓަށްވުރެ ކުޑަ ނޫން ޢިމާރާތެއް ހިފުމަށް

 

އިޢުލާން

ޢިމާރާތެއް ކުއްޔަށް ހިފުމާއިބެހޭ

        މިކުންފުނީގެ ބޭނުމަކަށް 500 އަކަފޫޓަށްވުރެ ކުޑަނޫން ތަނެއް އޮފީސް ޢިމާރާތަކަށް (ގްރައުންޑް ފްލޯރއިން)އިން ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ހޯދުމަށް ކުރި ނަންބަރު ADMHR-MPL/2019/27  އިޢުލާންއާ ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ މި އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާފަރާތްތަކުން  20 ފެބްރުވަރީ 2019 ވާ ބުދަ ދުވަހުގެ 14:00އަށް މިކުންފުނީގެ 05 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 20 ފެބްރުވަރީ 2019 ވަނަ ދުވަހުގެ 14:00ގެ ފަހުން އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

 

ޢިމާރާތް ހޯދަން ބޭނުންވާ ރަށް:

  • މާލެ (މާފަންނު މެދުތެރެއިން ބޮޑުމަގަކުން)

 

ހުށަހަޅުއްވާ ޕްރޮޕޯސަލްގައި ތިރީގައިވާ ކަންކަން ހިމެނުން

  • ތަނުގެ ބޮޑުމިން
  • ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ
  • ޢިމާރާތް ހުރި ސަރަހައްދު
  • ޢިމާރާތުގެ ކުލި
  • ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު
  • ޢިމާރާތުގެ ކަރަންޓާއި ފެންވަކިކޮށްފައި ހުރުން
  • ޢިމާރާތުގެ ސަލާމަތީ ފެންވަރު
  • ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ
  • ޢިމާރާތް ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތާ ޢިމާރާތާ ހުރި ގުޅުން
  • ޢިމާރާތާގެ އެތެރެއާއި ބޭރުގެ ފޮޓޯ އަދި ޢިމާރާތުގެ މިންތައް އެގޭ ކުރެހުމެއް ހުށަހެޅުން
  • ކުއްޔަށް ދޭ ފަރާތުގެ އައިޑީ ކޮޕީ

ހުށަހެޅޭ ޕްރޮޕޯރސަލްއަށް ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.

  • އަގު: %50
  • ކުއްޔަށްދޭ މުއްދަތު:%20
  • ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30

                         

                 09 ޖުމާދަލް ޢާޚިރާ 1440

                 14 ފެބުރުވަރީ 2019

14 ފެބުރުވަރީ 2019