ދިވެހިރާއްޖެ
އިޢުލާނު
ބައެއް ފަރުނީޗަރު ގަތުމަށް ބޭނުންވެއްޖެ
މި ކޮމިޝަނުގެ ނަންބަރު:(IUL)427-OPR/1/2019/5 (23 ފެބްރުވަރީ 2019) އިޢުލާން ގަތުމަށް ބޭނުންވާ ފަރުނީޗަރުގެ އަދަދަށް ބަދަލުގެންނަށް ޖެހުމުގެ ސަބަބަން އެއިޢުލާން ބާތިލްކޮށް އެކަމަށް އަލުން އިޢުލާން ކުރަމެވެ.
މި ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް ބައެއް ފަރުނީޗަރު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މަޢުލޫމާތު ސާފުކުރުން
ތާރީޚް: 21 ފެބުރުވަަަަރީ 2019 (ބުރާސްފަތި)
ގަޑި: 13:30
އަންދާސީ ހިސާބު ހުށަހެޅުން
1 ތާރީޚް: 28 ފެބުރުވަަަަރީ 2019 ) ބުރާސްފަތި(
ގަޑި: 13:30
ވަޑައިގަންނަވަން ޖެހޭ ތަނުގެ މައުލޫމާތު:
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ގ.ބިއްލޫރިޖެހިގ/ މަޖީދީމަގު
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3433333 /3334327 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected]އަށެވެ.
9 ރަބީއުލްއާޚިރު 1440
14 ފެބުރުވަރީ 2019