ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (A)DC-2019/044
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 21:36
ސުންގަޑި: 20 ފެބުރުވަރީ 2019 13:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
މިޑް ހެވީ ޑިޔުޓީ ޕްރިންޓަރސް އަދި ހެވީ ޑިޔުޓީ ޕްރިންޓަރސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރ: A)DC-2019/044)

އިޢުލާނު

މިޑް ހެވީ ޑިޔުޓީ ޕްރިންޓަރސް އަދި ހެވީ ޑިޔުޓީ ޕްރިންޓަރސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

1. އިލެކްޝަންސް ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް މިޑް ހެވީ ޑިޔުޓީ ޕްރިންޓަރސް އަދި ހެވީ ޑިޔުޓީ ޕްރިންޓަރސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިތަކެއްޗަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ އަދަދު

38/2019/G-008

މިޑް ހެވީ ޑިޔުޓީ ޕްރިންޓަރސް އަދި ހެވީ ޑިޔުޓީ ޕްރިންޓަރސް ސަޕްލައިކުރުން

-/10,000 ރުފިޔާ

 
2. ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިޔުރިޓީ ވާންޖެހޭނީ ސަރުކާރަށް ޤަބޫލުކުރެވޭ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓް (ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ) އަކުން އެ ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިޔުރިޓީއަކަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ލިބޭނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުންނެވެ.
3. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2019 ފެބްރުއަރީ 19 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
4. ބީލަން ހުޅުވުން އޮންނާނީ  2019ފެބުރުއަރީ 20 ވާ ބުދަ ދުވަހުގެ 13:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ

07 ޖުމާދަލްއާޚިރާ 1440

12 ފެބުރުވަރީ 2019