މަސައްކަތް
ނަންބަރު: (IUL)23-AP/23/2019/48
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 15:44
ސުންގަޑި: 13 ފެބުރުވަރީ 2019 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ. ގުރައިދޫގައި ހުންނަ ޙާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ސީސީޓީވީ ސަރވައިލެންސް ސިސްޓަމެއް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

          ކ. ގުރައިދޫގައި ހުންނަ ޙާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ސީސީޓީވީ ސަރވައިލެންސް ސިސްޓަމެއް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަމްބަރ: (IUL)23-AP/23/2019/26)  ޖަނަވަރީ 27 2019) އިއުލާނާއި ގުޅިގެން ވާދަކުރާނެ ތިން ފަރާތެއް ނެތުމުން އެއިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 13 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ފެބުރުވަރީ 2019 ވާ ބުދަ ދުވަހު ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

01 ރަބީއުލްއާޚިރު 1440

06 ފެބުރުވަރީ 2019