ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-VD/01/2014/3
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2014
ޕަބްލިޝްކުރި ގަޑި: 1536
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް ބްރޯކަރު އެކަމަށް އެއްބަސްވެފައިވާ ލިޔުމެއް ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖެއްސުން

އިޢުލާން

ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ނުވަތަ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި ޔަގީންކަން އިތުރުކުރުމަށް މި ސަރވިސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ފަރާތްތަކުން އިމްޕޯޓްކުރާ ނުވަތަ އެކްސްޕޯޓްކުރާ މުދަލުގެ ގުޑްސް ޑިކްލަރޭޝަން ނިންމުމުގެ މަރުޙަލާއާ މުދާ ބަލައި ފާސްކުރުމުގެ މަރުޙަލާގައި އެފަރާތް ތަމްސީލުކުރުމަށް ކަސްޓަމްސް ބްރޯކަރެއް (ކަސްޓަމްސް މެދުވެރިން) ޢައްޔަންކުރާނަމަ، މުދަލުގެ ވެރިފަރާތުންނާއި އެ ކަމަށް އެފަރާތަކުން އައްޔަންކުރާ ކަސްޓަމްސް ބްރޯކަރު އެކަމަށް އެއްބަސްވެފައިވާ ލިޔުމެއް ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، 01 ފެބުރުވަރީ 2014 ދުވަހުން ފެށިގެން މުދަލުގެ ވެރިފަރާތުގެ ބަދަލުގައި ކަސްޓަމްސް ބްރޯކަރުން ޝާމިލުވެގެން ގުޑްސް ޑިކްލަރޭޝަން ނިންމުމާއި މުދާ ބަލައި ފާސްކޮށް ދޫކުރެވޭނީ، އެ މުދަލުގެ ވެރިފަރާތުން، ކަސްޓަމްސްގެ ބްރޯކަރެއް އައްޔަންކޮށް އެކަން ކަސްޓަމްއަށް ހުށަހެޅުމުންނެވެ. މިގޮތުން ކަސްޓަމްސް ބްރޯކަރުން އައްޔަން ކުރުމަށް އެދި ހުށަހަޅަންވާނީ، ކަސްޓަމްސް ބްރޯކަރުން އައްޔަންކުރުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، އެފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތަކާ އެކުގައެވެ. މިފޯމު ކަސްޓަމްސްގެ ވެބްސައިޓް www.customs.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

20 ރަބީޢުލްއައްވަލް 1435

2014-01-21