މަސައްކަތް
ނަންބަރު: ADMHR-MPL/2019/19
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 15:43
ސުންގަޑި: 31 ޖަނަވަރީ 2019 02:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޯސްޓް ބިލްޑިންގގެ ލިފްޓްތައް ސާރވިސް ކުރުން

                                            އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

              މި އޮފީހުގައި ބަހައްޓާފައި ހުރި 3 ލިފްޓް ސާރވިސްކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

            ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ފެބުރުވަރީ 2019ވާ ބުދަ ދުވަހުގެ 14:00 އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

            އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

 

               21 ޖުމާދަލް ޢޫލާ 1440

               27 ޖަނަވަރީ 2019

 

 

27 ޖަނަވަރީ 2019