ދިވެހިރާއްޖެ
ކޮންސަލްޓަންޓް
"ކޮންސަލްޓަންސީ އޮން ދަ ޑެލިވަރީ ލޭބަރ އެންޑް އެމްޕްލޯއިމަންޓް މޭންޑޭޓް އިން ދަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް" ވަޒީފާއަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
މަތީގައި ދެންނެވިފައިވާ ކޮންސަލްޓަންސީއާއި ގުޅޭ އިޢުލާނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 20 ޖެނުއަރީ 2018 ވާ އާދިއްތަ ދުވަހުގެ 13:00 އަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މި ކޮންސަލްޓެންސީއާއި ގުޅޭ ޓާރމްސް އޮފް ރިފަރެންސް މި އިއުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި ޓާރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެއްވޭނެއެވެ.
ކުރިމަތިލުމުގެ ސުންގަޑި: މި ވަޒީފާއަށް ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 20 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 13:00 އެވެ. ހުށަހަޅާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ.
އެޕްލިކޭޝަން ހުށަހަޅުއްވާނީ ސީލްޑްކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އެގޭގޮތަށް ”Application for Consultant“ މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3333143 ނުވަތަ 3333160 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.