މަސައްކަތް
ނަންބަރު: (IUL)101-AF/1/2019/22
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި: 20 ޖަނަވަރީ 2019 12:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ހިދުމަތް

ބިޒްނަސް ކޮންވެންޝަންގައި ފުޑް އެންޑް ބެވެރޭޖް ސްޓޯލްސް ހިންގުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ހުޅުވާލުން

ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން މިމިނިސްޓްރީން އިންތިޒާމްކުރާ ބިޒްނަސް ކޮންވެންޝަން 26-27 ފެބްރުއަރީ 2019 ގައި ދަރުބާރުގޭގައި  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންވެންޝަން ހިންގުމަށް ހަމަޖެހިފައިވަނީ ހެންދުނު 09:00 އަކުން ހަވީރު 4:00 އަށެވެ. މިކޮންވެންޝަންގައި 150 އެއްހާ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މިކޮންވެންޝަން ހިގަމުންދާއިރު ރިފްރެޝްމަންޓްސް އަދި މެންދުރު ވަގުތުގެ ކެއުން އެތަނުގައި ވިއްކަން ބެހެއްޓުމަށްޓަކައި ކެފޭ އަދި ރެސްޓޯރަންޓް ހިންގާ 3 ފަރާތަކަށް ފުރުސަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން  އެތަނުގައި ވިއްކުމަށް ބަހައްޓާނެ ކާބޯތަކެތީގެ އަގުތަކާއި ތަން ފަރުމާކުރައްވާނެ ގޮތް 20 ޖެނުއަރީ 2019ގެ މެންދުރު 12.00ގެ ކުރިން މިމިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

10 ޖަނަވަރީ 2019