ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-QARS/88/2019/2
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 11:36
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ޓްރެވަލް އެޖެންސީގެ އަހަރީ ރިޕޯޓާއި ގުޅޭ

އިޢުލާން

ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ޤަވާއިދުގެ (ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ޤާވާއިދުގެ) 8 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ރިޕޯޓެއް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހެއެވެ. މި އަހަރީ ރިޕޯޓު ހުށަނާޅައިފިނަމަ އެކުންފުންޔަށް ދީފައިވާ ހުއްދަ ބާތިލުކުރެވޭނެކަމަށްވެސް އެމާއްދާގައި ބުނެފައިވެއެވެ. މިގޮތުން ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓު 31 ޖަނަވަރީ 2019 ވަނަ ދުވަހުގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުންވުމަށް ދެންނެވީމެވެ.

އެހެންކަމުން 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް 31 ޖަނަވަރީ 2019 ގެ ކުރިން ހުށަނާޅާ ފަރާތްތަކަށް މި މިނިސްޓްރީން ދޫކޮށްފައިވާ ޓްރެވަލް އެޖެންސީ ހިންގުމުގެ ހުއްދަ ބާތިލް ވާނެވާހަކަ ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

 

03 ޖުމާދުލްޢޫލާ 1440

10 ޖަނަވަރީ 2019