ދިވެހިރާއްޖެ
ނަންބަރ: MTCC-PD/IU/2019/006
އިޢުލާން
އެމްޓީސީސީ އިން ކަނޑު މަގުން ރާއްޖެ އެތެރެކުރާ މުދާ ކުލިއަރ ކޮށްދޭނެ ފަރާތެއް ހޯދުން:
އެމްޓީސީސީއިން ކަނޑު މަގުން ރާއްޖެ އެތެރެކުރާ މުދާ 1 އަހަރުދުވަހުގެ މުއްދަތަކަށް ކުލިއަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ކުންފުނިތަކުން 13 ޖަނަވަރީ 2019 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ޓަވަރުގެ 2 ވަނަ ފަންގިފިލާ ( ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު، 20 ޖަނަވަރީ 2019 ވަނަ ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އަދި ހާޒިރީގައި ރެޖިސްޓަރ ކުރައްވާ ކުންފުނީގެ ނަމުގައި އެކަނި ކަމުގައިވެސް ދަންނަވަމެވެ.
1 ޖުމާދަލް އޫލާ 1439
7 ޖަނަވަރީ 2019