ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MNU-CA-PAMD/2019/01
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 09 ޖަނަވަރީ 2019 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ސްޓޭޝަނަރީސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ސްޓޭޝަނަރީސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
  2. މި ތަކެތި ފޯރިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް 2019 ޖަނަވަރީ 9 ވާ ބުދަ ދުވަހުގެ 10:00 އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖަނަވަރީ 16 ވާ ބުދަ ދުވަހުގެ 10:00 އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  3. އިސްވެދެންނެވިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

 

27 ރަބީޢުލްއާޚިރު 1440

03 ޖަނަވަރީ 2019