ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)298/298/2018/64
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 30 ޑިސެންބަރު 2018 12:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑުރައިވަރުކު ބޭނުންވެއްޖެ.

އިޢުލާން   

މުވައްޒަފަކު ބޭނުންވެއްޖެ.

މި އިދާރާގެ ވޭސްޓްމެނެޖްމަންޓް ސެންޓަރަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

  • މަޤާމް:                    ޑުރައިވަރު

  • ބޭނުންވާ ޢަދަދު:              01 ( އެކެއް )

  • މުސާރައާއި އެލަވަންސް މަހަކު:     -/7500 (ހަތްހާސް ފަސްސަތޭކަ ރުފިޔާ) 

  • ފެންވަރު ނުވަތަ ސަރުތު:         ޕިކަޕު ދުއްވުމުގެ ލައިސަންސް އޮތުމާއި އެކު އަސާސީ ތަޢުލީމު ފެންވަރު ހުރުން އަދި ޢުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކު ކަމުގައިވުން .

  • ކުރަންޖެހޭ މައިގަނޑު މަސައްކަތް:   ކުނި މެނޭޖު ކުރުމުގެ މަސައްކަތުގައި ގެންގުޅޭ ޕިކަޕުދުއްވުމުގެ މަސައްކަތް ކުރުމާއި އެކު ޕިކަޕުގައި ކުރަންޖެހޭ އެކި އެކި މަސައްކަތް ކުރުމާއި އަދި އިސްމީހެއްގެ ގޮތުގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.

މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި އެލެވަންސްގެ އިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ވީމާ ، މިމަޤާމަށް ސައުޤުވެރިވާ ފަރާތް ތަކުން 2018 ޑިސެންބަރު 30 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީއާއެކު އައިޑީކާޑުގެ ކޮޕީ އާއި، ޕިކަޕު ދުއްވުގެ ލައިސަންސް ކޮޕީ ހިމަނަންވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

16 ރަބީޢުލްއާޚިރު 1440

23 ޑިސެންބަރު  2018

23 ޑިސެންބަރު 2018